Support Us

ދިއްދޫ ނައިން އަ ސައިޑް ފުޓްބޯޅަ މުބާރާތުގެ ތަށި ޓީނޭޖު ބޯއީސް އުފުލާލަނީ - އަދިވެސް ފޮޓޯ: އިބްރާޙިމް ނަޝޫހު

ޖަޑާގެ ދެ ލަނޑުން ޗެމްޕިއަންކަން ޓީނޭޖު ބޯއީސް އަށް

ޙުސައިން ޒިމްޔާން (ޖަޑާ) ދެ ހާފުގައި ޖަހައިދިން ދެ ލަނޑުން ލައިކެންސް ބަލިކޮށް، ދިއްދޫ ނައިން އަ ސައިޑް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޓީނޭޖު ބޯއީސް މިއަދު ހޯދައިފިއެވެ.

ތޭރަ އަހަރަށްފަހު ދިއްދޫ އުތުރު ފުޓްބޯޅަ ދަނޑުގައި ކުޅުނު ފުރަތަމަ މުބާރާތުގެ ތަށި ޓީނޭޖު ބޯއީސް އުފުލައިލީ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލްގައި ލައިކެންސް 2-0 އިން ބަލިކޮށްފައެވެ.

ދިއްދޫ ނައިން އަ ސައިޑް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ޓީމު ލައިކެންސް- އަދިވެސް ފޮޓޯ: އިބްރާޙިމް ނަޝޫހު

ދިއްދޫ ކޮމިއުނިޓީ ސެންޓަރުން އިންތިޒާމްކޮށްގެން، 10 ޓީމުގެ މެދުގައި ކުރިއަށް ގެންދިޔަ މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ލައިކެންސްގެ ޖާޒީ ނަންބަރު 11 ހުސެއިން ޝިފާހެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ބީއެކްސް ސްޕޯޓްސް ކުލަބުގެ ޖާޒީ ނަންބަރު 37 މުޙައްމަދު ނައުޝާދެވެ.

މުބާރާތުގެ އެންމެ މޮޅު ނުވަ ކުޅުންތެރިންނަށް ހޮވިފައި ވަނީ ނައުޝާދުގެ އިތުރުން ޓީނޭޖުގެ ޖާޒީ ނަންބަރ 1، ސައުދުﷲ އަޙްމަދާއި ލައިކެންސްގެ ޖާޒީ ނަންބަރު 32 މުޙައްމަދު ވިޝާހާއި، ޓީނޭޖުުގެ ޖާޒީ ނަންބަރު 21 މޫސާ ސާމިހާއި، ބީ އެކްސްގެ ޖާޒީ ނަންބަރު 19 އިނާޔަތުﷲ ޖަމީލާއި، އައްސޭރި އެފްސީގެ ޖާޒީ ނަންބަރ 10 މުޙައްމަދު ލަޔާނާއި، ޓީނޭޖުގެ ޖާޒީ ނަންބަރ 5 ޙިޝާމް ހަސަން ވަޙީދާއި، ލައިކެންސްގެ ޖާޒީ ނަންބަރ 23 ޝިމްހާދު އިބްރާހީމެވެ.

މުބާރާތުގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ހއ. އަތޮޅު ކޮމާންޑަރ ސަބް އިނިސްޕެކްޓަރ އޮފް ޕޮލިސް އިބްރާޙިމް ވަޙީދެވެ.

އިތުރު ފޮޓޯ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2732
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *