ޗައިނާގެ އިރުއުތުރު އައްސޭރީގައި މަސްނޫއީ ޖަޒީރާއެއްގެ އެންމެ ބޮޑު އެއާޕޯޓްގެ މަސައްކަތް ފަށައިފިއެވެ.
ޑާލިއާން ޖިންޖޯ ބޭ އިންޓަނޭޝަނަލް އެއާޕޯޓު ހަދައި ނިމޭއިރު 7.7 އަކަ މޭލުގައި ހަތަރު ރަންވޭ އޮންނާނެއެވެ. އަދި ފަސިންޖަރުންގެ ޓާމިނަލްގެ ބޮޑު މިނަކީ 969،000 އަކަ ފޫޓެވެ.
"އުއްމީދަކީ އަހަރަކު 540،000 ފްލައިޓުން 80 މިލިއަން ފަސިންޖަރުން ބަލައިގަތުން،" އެއާޕޯޓުގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ޑާލިއާން ޖިންޖޯ ބޭ އެއާޕޯޓް ހަދައި ނިމުމުން ހޮންގް ކޮންގްގެ އެއާޕޯޓާއި ޖަޕާންގެ ކެންސާއީ އެއާޕޯޓަށްވުރެ ބޮޑުވާނެއެވެ.
އާބާދީގައި 7.5 މިލިއަން މީހުން ދިރިއުޅޭ ޑާލިއާންއަކީ ދަތުރުފަތުރުގެ ނާރެސްއެކެވެ. ޖަޕާނާއި ދެކުނު ކޮރެއާ ކައިރީގައި އޮންނާތީއެވެ.
ވައިގެ ދަތުރުފަތުރުގެ ތަރައްގީގައި އާ އެއާޕޯޓުތައް އެޅުމަކީ ޗައިނާގެ އަމާޒެކެވެ. އެ ގޮތުން ވައިގެ ދަތުރުފަތުރުގެ މާކެޓުގައި އެމެރިކާއަށްވުރެ ޗައިނާ ކުރިއެރުން އޮތީ ދާދި ގާތުގައެވެ.
"ފަސިންޖަރުންގެ ޑިމާންޑަށް ބަލާއިރު 2035 ވަނަ އަހަރު އަންނަންވާއިރަށް 450 އެއާޕޯޓު ބޭނުންވޭ،" އޮފިޝަލަކު ބުންޏެވެ.



advertisment