Support Us

ސްޕޭންގެ ތުރްކިޔެ ދަރިކޮޅު މަހުޖަނު އިސަކް އަންޑިކް އޭނާގެ ފެޝަން ސިނާއަތް "މެންގޯ" ބްރޭންޑް ލޯގޯއާއެކު

ވާދީއަކަށް ވެއްޓި "މެންގޯ" ބްރޭންޑްގެ ފައުންޑަރު މަރުވެއްޖެ

"މެންގޯ" ބްރޭންޑްގެ އަންނައުނު އުފައްދާ ކުންފުނީގެ ފައުންޑަރު އިސަކް އަންޑިކް ސްޕޭންގެ ވާދީއަކަށް ވެއްޓި މަރުވެއްޖެއެވެ.

ތުރްކިޔެ ދަރިކޮޅަށް ނިސްބަތްވާ އުމުރުން 71 އަހަރުގެ ސްޕޭންގެ މަހުޖަނު އިސަކް މަރުވީ ހޮނިހިރު ދުވަހު ސްޕޭންގެ ބާސެލޯނާ ކައިރީގައި އޮންނަ 320 ފޫޓު ފުން ވާދީއަކަށް ވެއްޓިގެންނެވެ.

އިސަކް މަރުވީ އާއިލާ މީހުންނާ އެއްކޮށް ހައިކިންއަށް ގޮސް އުޅެނިކޮށެވެ. އެއީ ޓޫރިސްޓުންގެ މެދުގައި މަގުބޫލު ސެލަޓުރާ ސަރަހައްދުގައެވެ.

އިސަކް ސަލާމަތްކުރެވޭތޯ ފޮނުވި ޓީމާއެކު ހެލިކޮޕްޓަރެއް ވެސް ދިޔައެވެ.

"އިސަކްއަކީ އަހަރެމެން އެންމެންނަށް މިސާލެއް،" މެންގޯ ކުންފުނީގެ ސީ.އީ.އޯ ޓޯނީ ރުއީޒު ބުންޏެވެ.

މެންގޯ ބްރޭންޑް 1984 ގައި އިސަކް އުފެއްދީ އޭނާގެ ބޭބެ ނަހްމަންއާއެކުއެވެ. އެ ގޮތުން މި ދެބެއިން ފެޝަން ސިނާއަތަށް ގިނަގުނަ ހިދުމަތްކޮށްފައިވާކަން ޓޯނީ ފާހަގަކުރިއެވެ.

"އިސަކްއަކީ ކަމަށް ކަމޭހިތައި، ކުންފުނީގެ ހުރިހާ ކަންތައްތަކެއް ލޯތްބާއެކު ކުރިއަށްގެންދިޔަ ވިޔަފާރިވެރިއެއް،" ޓޯނީ ނެރުނު ބަޔާނެއްގައި ބުންޏެވެ.

ފެޝަން އިންޑަސްޓްރީގައި އިސަކްގެ ތަރިކަ ކުރިއަށްގެންދާނެކަމަށް ޓޯނީ ބުންޏެވެ.

"އިސަކް ނެތިދިއުމުން މި ވަނީ ބޮޑު ހުސްކަމެއް އައިސްފައި. ނަމަވެސް އަހަރެމެން އެންމެނަކީ ވެސް، ކޮންމެވެސް ސިފައެއްގައި، އޭނާގެ ތަރިކަ. އޭނާގެ ކާމިޔާބީ ރަމްޒުކޮށްދޭ ހެކިތަކެއް. އިސަކްގެ ތަސައްވުރާއި އޭނާ ފަހުރުވެރިވާނޭ ގޮތަށް މެންގޯ މަޝްރޫއު ކުރިއަށްގެންދިއުން އަހަރެމެންގެ މަސައްކަތަކަށް ވާންޖެހޭނީ،" ޓޯނީ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *