Support Us

ކެކްޓަހުގައި އަޅާ މޭވާ އަދި އޭގެން ތައްޔާރުކޮށްފައިވާ ލުއި ބުއިމެއް

ކެކްޓަސް މޭވާއިން ތަފާތު ތަކެތި އުފައްދަން ފަށައިފި

ފެން ތަދު ހަނަފަސް ސަހަރާތަކުގައި ހެދޭ ގަހެއް ކަމަށްވާ ކެކްޓަސްގައި އަޅާ މޭވާ ނުވަތަ "ކެކްޓަސް ޕިއާ"އިން ތަފާތު ބާވަތުގެ ބޭނުންކުރަން ފަށައިފިއެވެ.

"މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި ގަސްގަހަށް ޖެހޭ ބަލިތަކުގެ ސަބަބުން ކެކްޓަސް މޭވާ ބޭނުންކުރަން ހިތަށް އެރީ،" ފުޅާ ދާއިރާއްގައި ކެކްޓަސް އިންދަން 2021 ގައި ވަކޮންޑާގެ ނަމުގައި އިޓަލީގައި ގާއިމުކުރި ސްޓާޓްއަޕް ކުންފުނީގެ އެއް ހިއްސާދާރު އެންޑްރިއާ އޯޓެންޒީ ބުންޏެވެ.

ކެކްޓަސް ޕިއާއަށް އިޓަލީގައި ކިޔާ އަނެއް ދެ ނަމަކީ "އިޓަލިއަން ފިގް" އަދި "ޕްރިކްލީ ޕިއާ"އެވެ.

އެހެން ގައުމުތަކުގައި ވެސް ކެކްޓަސް ޕިއާގެ ބޭނުންކުރަމުން މިހާރު އަންނަ ކަމަށް އަރަބް ނިއުސްއިން ރިޕޯޓްކުރިއެވެ.

ތޫނިސް އާއި އިޓަލީގައި ކެކްޓަސް ޕިއާ ބޭނުންކޮށްގެން ސޮފްޓް ޑްރިންކްސް ނުވަތަ ލުއި ބުއިން ތައްޔާރުކުރެއެވެ. އަދި އެއިން ފުށާއި އިއާދަކުރަނިވި ހަކަތައިގެ ބާވަތެއްކަމަށްވާ ބަޔޯފިއުލް އުފައްދައެވެ.

ކެކްޓަސް ޕިއާ މެކްސިކޯގައި ކައްކަން ބޭނުންކުރެއެވެ. ކުންފުނިތައް ކަމަށްވާ އެޑިޑަސް އަދި ޓޮޔޯޓާއިން މިހާރު އަންނަނީ ކެކްޓަސް ޕިއާއިން ލެދާ ނުވަތަ ހަން އުފެއްދޭތޯ ބަލަމުންނެވެ.

ބްރެޒިލް އާއި ދެކުނު އެމެރިކާގައި ކެކްޓަސް ބޭނުންކުރަމުން އަންނަނީ ހުއިހައްޕާ ހައިވާނުންނަށް ކާންދޭށެވެ. ކެކްޓަސް ޕިއާ އެންމެ ގިނައިން އުފައްދާ ގައުމަކީ ބްރެޒިލްއެވެ.

ދެކުނު އެމެރިކާގެ ގައުމުތައްކަމަށްވާ ސިލީ އާއި ޕެރޫގައި ކެކްޓަސް ޕިއާ ބޭނުންކުރަނީ ކާބޯތަކެއްޗާއި ކޮސްމެޓިކްސް ނުވަތަ ރީތިވާ ސާމާނަށް އަޅާ ކުލައެއްގެ ގޮތުގައެވެ.

ވަކޮންޑާއިން ކެކްޓަސް ޕިއާ ބޭނުންކޮށްގެން އެނަޖީ ޑްރިންކާއި ހުއިހައްޕާ ހައިވާނުންނަށް ކާންދޭ ޕްރޮޓީން ގިނަ ކާނާއާއި ފުށާއި މެތޭން ގޭހުން ތައްޔާރުކުރާ ބަޔޯފިއުލް އުފައްދައެވެ.

"އިޓަލީގެ ބޭނުން ނުކުރާ ބިންތަކުގައި ކެކްޓަސް އިންދަން ފަށަން އެބަ ރާވަން. އެ ތަނެއްގެ ދަނޑުވެރިންނާ ގުޅިންގެ އެ މީހުންނަށް ވެސް ފައިދާވާނެ ގޮތަށް ލައިސަންސް ދީގެން މަސައްކަތް ފަށާނީ،" އެންޑްރިއާ ބުންޏެވެ.

ކެކްޓަސް ޕިއާއަށް ދުނިޔޭގައި ކުއްލިއަކަށް ޝައުގުވެރިކަން އުފެދުނީ އދ.ގެ ކާބޯތަކެއްޗާ ބެހޭ އިދާރާކަމަށްވާ ފުޑް އެންޑް އެގްރިކަލްޗާ އޯގަނައިޒޭޝަން (އެފް.އޭ.އޯ)އިން މި ވިޔަފާރި ފުޅާކުރަން ކެކްޓަސްނެޓް ފަދަ ވިއުގަތައް ގާއިމުކުރުމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *