Support Us

އުމުރުން 12 އަހަރުގެ ފިރިހެން ކުއްޖާ ވަގަށް ނަގައިގެން ދުއްވި އޭނާގެ ކާފަގެ ފޯކްސްވެގަން ހެޗްބެކް ބާވަތުގެ ކާރެއް

12 އަހަރުގެ ކުއްޖަކު ކާރެއް ވަގަށް ނަގައިގެން 160 މޭލަށް ދަތުރުކޮށްފި

އެމެރިކާގެ ވޮޝިންޓަން ސްޓޭޓްގައި އުމުރުން 12 އަހަރުގެ ފިރިހެން ކުއްޖަކު އޭނާގެ ކާފަގެ ކާރު ވަގަށް ނަގައިގެން 160 މޭލު ރާސްތާއަކަށް ދަތުރުކުރިތަނާ ފުލުހުން އޭނާ އަތުލައިގެންފިއެވެ.

"އުމުރުން އެންމެ 12 އަހަރުގެ ކުއްޖަކު ފޯކްސްވެގަން ހެޗްބެކް ކާރެއްގައި އެކަނި އެހާ ހިސާބަށް ދަތުރުކޮށްފައިވަނިކޮށް އޭނާއަށް ނުވަތަ އެހެން ވެސް މީހަކަށް ޒަހަމެއް ނުލިބިވަނިކޮށް އޭނާ ހުއްޓުވުމުން އުފާކުރަން،" ފުލުހުންގެ ތަރުޖަމާނު ކައިލް ފޯމަން ބުންޏެވެ.

އެ ކުއްޖާ ދަތުރުކުރީ އޭނާއާ އާއިލީ ގުޅުން ހުރި ބައެއްގެ ގެއަށް ދިއުމަށް ކަމަށް ފުލުހުން ލަފާކުރެއެވެ.

އެ ކުއްޖާ ވަނީ ދެ ގަޑިއިރާއި ބައި ވަންދެން ދުއްވައިފައެވެ. ދުއްވީ ހުއްދަ އޮންނަ ދުވެލީގައެވެ.

އޭނާ ދުއްވި ފަރުބަދަ މަތީ މަގު އޮންނަނީ ކަނޑުގެ ލޮނުގަނޑުން 3،000 ފޫޓު އުހުގައެވެ.

"ތޭންކްސްގިވިން މުނާސަބާ ވީމާ މަގުތައް ވެސް ވަނީ ތޮއްޖެހިފައި،" ފުލުހުން ބުންޏެވެ.

ގައުމީ މޫސުމާ ބެހޭ އިދާރާއިން ބުނީ ސްނޯ ފޭބުމުގެ އިތުރުން ޓެމްޕަރޭޗަރު ހުރީ ފެން ގަނޑުވާހާ ދަށުގައިކަމަށެވެ.

ކުއްޖާގެ މި ކުށް ވަނީ ކުޑަކުދިންނާ ބެހޭ ކޯޓެއްގައި ބުކްކޮށްފައިކަމަށް ފުލުހުން ބުންޏެވެ. ކުއްޖާއަށް ތުހުމަތުކުރަނީ ވަގަށް ނަގައިފައިވާ އުޅަނދެއް ގެންގުޅުމާއި އެއް އަހަރަށްވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް ލިބޭ ކުށަކުން ބަރީއަވުމަށް މަސައްކަތްކުރުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *