Support Us

ހިޒްބުﷲއާއެކު ސުލްހަ ގާއިމުކުރުމުން ލުބްނާންގެ ރައްޔިތުން އިސްރާއީލުން ސުންނާފަތިކޮށްލައިފައިވާ ގެދޮރަށް އެނބުރި އަންނަނީ

ހިޒްބުﷲއާއެކު ސުލްހަވުމުން ޣައްޒާ ހަނގުރާމަ ވަރުގަދަކުރެވޭނެ: އިސްރާއީލު މީޑިއާ

ހިޒްބުﷲއާއެކު ގާއިމުކުރި ސުލްހައިގެ ސަބަބަން އިސްރާއީލުގެ ހުރިހާ ސަމާލުކަމެއް ހަމާސް ބަލިކޮށްލަން އަނބުރާލެވޭނެކަމަށް އިސްރާއީލުގެ މީޑިއާތަކުން ބުނެފިއެވެ.

"މިހާރު ދެން ދެ ހަނގުރާމަ އެއްފަހަރާ ކުރިއަށްގެންދަން ނުޖެހުމުން ހަމާސް ބަލިކޮށްލަން އިސްރާއީލުގެ ހަމަލާތައް ވަރުގަދަކުރެވޭނެ،" އިސްރާއީލުގެ ނޫހެއް ކަމަށްވާ ޔެދިއޯތު އަހްރޮނޯޓުން ބުންޏެވެ.

އެ ނޫހުން ބުނީ އިސްރާއީލާ ކުރަމުން އަންނަ ހަނގުރާމައަކީ ޣައްޒާގެ ހައްގުގައި ކުރަމުން އަންނަ ހަނގުރާމައެއް ކަމަށް ހިޒްބުﷲއިން މިހާތަނަށް ބުނަމުން އަޔަސް މިހާރު މި ވަނީ ހިޒްބުﷲ އަމާންދީފައި ކަމަށެވެ.

"ދެބައިމީހުންނާ އެއް ފަހަރާ ހަނގުރާމަކުރަން ނުޖެހުމުން ކާމިޔާބު މި ލިބުނީ އިސްރާއީލަށް. މިއީ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫއަށް ލިބުނު ކާމިޔާބެއް،" އިސްރާއީލުގެ ހައާރަޓްޒް ނޫހުން ބުންޏެވެ.

ހަމާސްއިން ބުނީ ހިޒްބުﷲއާއެކު އިސްރާއީލުން ގާއިމުކުރި ސުލްހައިގެ އެއްބަސްވުން ފަދަ، ޣައްޒާ ހަނގުރާމަ ހުއްޓައިލައިނެ މުއާހަދާއެއް އިސްރާއީލުން ހަމާސްއާއެކު ގާއިމުކުރާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

"އިސްރާއީލަށް ހަމަލާ ދިނުން ހުއްޓައިލައި، ޔަހޫދީ ރަހީނުން ދޫކޮށްލުމަށް އެއްބަސްވާކަން މިހާރު ވާނީ މިސްރު، ގަތަރު އަދި ތުރްކިޔެއަށް އަންގައިފައި،" ހަމާސްގެ އޮފިޝަލަކު އޭ.އެފް.ޕީ.އަށް މިއަދު ބުންޏެވެ.

ޣައްޒާ ހަނގުރާމަ ހުއްޓައިލައި، ޔަހޫދީ ރަހީނުން ދޫކޮށްލުމާ ގުޅޭ ގޮތުން ހަމާސް އާއި އިސްރާއީލުން ފެށި ވާހަކަތައް ކޮޅެއްގައި ނުޖެހި އޮންނަތާ އެތައް މަހެއް ވެއްޖެއެވެ.

މި މަޝްވަރާތަކުން ގަތަރު މި މަހު ވަނީ ބޭރުވެފައެވެ.

"ހަމާސް އާއި އިސްރާއީލުން ހެޔޮ ނިޔަތެއްގައި ސުލްހަ ގާއިމުކުރަން މަސައްކަތްކުރަން ފެށުމުން ސުލްހައިގެ ވާހަކަތަކުގައި އަލުން ބައިވެރިވާނަން،" ގަތަރުން ބުނެފައިވެއެވެ.

މި ދިޔަ އަހަރުގެ އޮކްޓޫބަރު ހަތެއްގައި އިސްރާއީލުން ޣައްޒާ ހަނގުރާމަ ފެށުމުން ހިޒްބުﷲއިން އިސްރާއީލަށް ހަމަލާ ދޭން ފެށީ ފަލަސްތީނު ރައްޔިތުންނާއެކު ވާކަމަށް ހާމަކުރުންކަމަށް ބުނެފައެވެ. އިސްރާއީލުން ވަނީ މިހާތަނަށް ލުބްނާންގެ 3،000 އަށްވުރެ ގިނަ ރައްޔިތުން ޝަހީދުކޮށްލައިފައެވެ. އަދި ފަލަސްތީނުގެ 44،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *