ގަރާޖަކުން ފެން ބޭރުކުރަން ލައިފައިވާ ހޮޅިއެއްގެ ތެރެއިން ދެމިގަންނަން އުޅުނު ބުޅަލެއް ތާށިވެއްޖެއެވެ.
އިނގިރޭސި ވިލާތުގައި ހިނގި މި ހާދިސާގައި "ޖޯން" ނަމަކަށް ކިޔާ އަންހެން ބުޅާ ހޮޅީގެ ތެރޭގައި ތާށިވެ އަނެއްކޮޅުން ބޭރަށް ނުކުމެފައި އޮތީ އެ ސޮރުގެ ބޯ އެކަންޏެވެ.
ޖޯން ސަލާމަތްކުރީ އަލިފާން ނިއްވާ ޓީމަކުންނެވެ. ބައެއް އާލާތްތައް ބޭނުންކޮށްގެން ސިމެންތިގަނޑު ކަފައިލައިގެންނެވެ. އެއަށް ފަހު ޖޯން ވަނީ ވެޓްއަކަށް ގެންގޮސް ސިމެންތިގަނޑާއި ހޮޅި ނައްޓައިލައި ޖޯން އެއްކޮށް ސަލާމަތްކޮށްފައެވެ.
ހޮޅީގެ ތެރެއިން ޖޯން ސަލާމަތްކުރީ ހޭނައްތައިލައިގެންނާއި އޮކްސިޖަން ގުޅައިގެންނެވެ.

"ޖޯނަށް ސީރިއަސް ޒަހަމްތަކެއް ލިބިފައެއް ނުވޭ. ގަރާޖުގެ އެތެރެއިން ބޭރަށް ނުކުންނަން ޖޯން މަސައްކަތްކޮށްފައިވަނީ،" އަލިފާން ނިއްވާ ޓީމުން ފޭސްބުކްގައި ބުނެފައިވެއެވެ.
"ޖޯންގެ ވެރި މީހާއާ ޖޯން އަލުން ހަވާލުކުރުމުން ވެރިމީހާގެ ހާސްކަން ވަނީ ފިލައިފައި،" އެ ޓީމުން ބުންޏެވެ.



advertisment