އާޖެންޓީނާގެ ދަނޑުވެރިއެއް 100 އަށްވުރެ ގިނަ ޅަ ޕެންގުއިން މަރައިލުމުން ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.
ދަނޑުވެރިޔާގެ މައްޗަށް ސާބިތުވި ކުށަކީ ހިމާޔަތްކުރެވިފައިވާ ގުދުރަތީ ސަރަހައްދެއްގައިވާ އެތައް ހާއްޔެއް 2021 ވަނަ އަހަރު ނައްތައިލުމެވެ.
"ހާލިތައް ނައްތައިލަން ޖެހުނީ އަހަރެންގެ ދަނޑަށް ވަދެވޭނެ މަގެއް ސަރުކާރުން ކޮށައިނުދިނުމުން،" ދަނޑުވެރިޔާ ބުންޏެވެ.
މިއީ އޭނާގެ ފުރަތަމަ ކުށް ކަމަށްވާތީ އަދަބު ލުއިކޮށްދިނުން އެކަށީގެންވެއެވެ. ސަބަބަކީ އާޖެންޓީނާގެ ގާނޫނުލްއުގޫބާތުގައިވާ ގޮތުން ފުރަތަމަ ފަހަރަށް ޖިނާއީ ކުށެއް ސާބިތުވެއްޖެ ނަމަ ޖަލު ނޫން އެހެން އަދަބެއް ދޭ ގޮތަށް ހަމަޖެހިފައިވާތީއެވެ. އަދި ފުރަތަމަ ފަހަރަށް ތިން އަހަރުގެ ޖަލު ހުކުމެއްކޮށްފި ނަމަ ޖަލަށް ލުން ނޫން އެހެން އަދަބު ދެއެވެ. ޕްރޮސެކިއުޓަރުން އެދުނީ އޭނާއަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ.
މެގަލެނިކް ބާވަތުގެ ޕެންގުއިންއަކީ ދުނިޔެއިން ނެތިގެން ހިނގައިދާނެ ހައިވާނުންގެ ލިސްޓަށް މި ވަގުތު ލައިފައިވާ ދޫންޏެއް ނޫން ނަމަވެސް މިއީ ދުނިޔެއިން މަދުވަމުންދާ ޕެންގުއިންގެ ބާވަތެކެވެ.
މި ދަނޑުވެރިޔާއާ ދެކޮޅަށް ޝަކުވާކުރީ ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ ގްރީންޕީސްއެވެ.
"ތިމާވެށީގެ އިންސާފަށް އެޅުނު މުހިންމު ފިޔަވަޅެއް މިއީ،" ދަނޑުވެރިޔާއަށް ހުކުމްކުރުމުން އެ ޖަމިއްޔާއިން ބުންޏެވެ.



advertisment