Support Us

ތައިލެންޑްގެ ލޮޕްބިއުރި ސަހަރުގައި ރާމާމަކުނު ގެންގުޅެނީ ބަންދުކޮށްގެން

200 ރާމާމަކުނު ފުލުސް އޮފީހެއް ހިސޯރުކޮށްފި

ތައިލެންޑްގެ ލޮޕްބިއުރި ސަހަރުގައި 200 އެއްހާ ރާމާމަކުނު ފުލުސް އޮފީހެއް ހިސޯރުކޮށްފިއެވެ.

އެ ސަހަރުގައި ރާމާކަމުނުގެ އާބާދީ ބޮޑުވަމުންދާތީ އެ ސޮރުމެން ގެންގުޅެނީ ވަކި ސަރަހައްދެއްގައި ބަންދުކޮށްގެންނެވެ. ނަމަވެސް އެ ތަން ހަލާކުކޮށްލައިގެން ނުކުތީކަމަށް ފުލުހުން ބުންޏެވެ.

"ރަށު ތެރޭގައި ވެސް އެ ސޮރުމެން އެބައުޅޭ،" ޕޮލިސް ކެޕްޓަން ސޮމްޗައި ސީޑީ ބުންޏެވެ.

އޭނާ ބުނީ ފުލުސް އޮފީސް ތެރެއިން ކާއެއްޗެހި ހޯދަން ވަދެދާނެތީ ހުރިހާ ދޮރަކާއި ކުޑަދޮރެއް ލައްޕައިގެން ހަފުތާބަންދުގައި ތިބެންޖެހުނުކަމަށެވެ.

"ތަކެތި ސުންނާފަތިކޮށްލަފާނެތީ ވެސް ކަންބޮޑުވި. މިސާލަކަށް، އެކިއެކި ލިޔެކިޔުންތައް،" ސޮމްޗައި ބުންޏެވެ.

ރާމާމަކުނުތައް ފައްސާލަން ޓްރެފިކް ބަލަހައްޓާ ފުލުހުންނާއި ތަންތާނގައި ފޯރިމަރަން ތިބި ފުލުހުން ވެސް ގެންނަންޖެހުނުކަމަށް ލޮޕްބިއުރި ފުލުސް ސްޓޭޝަނުން ފޭސްބުކްގައި ބުންޏެވެ.

މީޑިއާއިން ޝާއިއުކުރި ފޮޓޯތަކުން ފެންނަނީ އެ ފުލުސް އޮފީހުގެ ފުރާޅުމަތީގައި ރާމާމަކުނުތައް ތިބި މަންޒަރެވެ.

އާއްމުން ދިރިއުޅޭ ސަރަހައްދުތަކާ ދުރަށް ރާމާމަކުނުތައް ގެންދަން މަގުމައްޗަށް ކާން އަޅަން މިހާރު ވަނީ ފަށައިފައެވެ.

ވަކި ސަރަހައްދެއްގައި ރާމާމަކުނު ބަންދުކުރަންޖެހުނީ އެ ސޮރުމެންގެ އާބާދީ އިތުރުވެ، މުދަލަށް ގެއްލުން ދިނުމުގެ އިތުރުން މީހުންނަށް ވެސް ހަމަލާ ދޭން ފެށުމުންނެވެ.

ލޮޕްބިއުރިއިން މި މައްސަލަތަކަށް ހޯދި އިތުރު ހައްލުތަކުގެ ތެރޭގައި ރާމާމަކުނުތައް ނުވިހާނެ އޮޕަރޭޝަންކުރުން ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *