Support Us

އިސްރާއީލުން ލުބްނާނަށް ދިން ވައިގެ ހަމަލާއެއްގައި ވެރިރަށް ބައިރޫތުގެ އިމާރާތެއް އަނދަނީ

ހިޒްބުﷲގެ މައި ތަރުޖަމާނު ޝަހީދުކޮށްލައިފި

ލުބްނާންގެ ވެރިރަށް ބައިރޫތަށް އިސްރާއީލުން މިއަދު ދިން ހަމަލާއެއްގައި ހިޒްބުﷲގެ މައި ތަރުޖަމާނު މުހައްމަދު އަފީފު ޝަހީދުކޮށްލައިފިއެވެ.

"އާބާދީ ބޮޑު އަވަށެއްގައި ހުރި އިމާރާތަކަށް ދިން ހަމަލާގައި ތިން މީހުން ޒަހަމް ވެސް ވި،" ހިޒްބުﷲގެ އޮފިޝަލަކު ބުންޏެވެ.

ހަމަލާ ދިނުމުގެ ކުރިން އެ ސަރަހައްދު ދޫކޮށްފައި ދާން އިސްރާއީލު އަސްކަރިއްޔާގެ ތަރުޖަމާނުގެ އެކްސް އެކައުންޓްގައި ރައްޔިތުންނަށް އިންޒާރު ނުދޭކަމަށް އޮފިޝަލް ބުންޏެވެ.

ހަމަލާ ދިނީ ބައިރޫތުގެ ދެކުނު ސަރަހައްދު ދޫކޮށްފައި، ސަލާމަތްތެރިކަން ހޯދަން ރަސް އަލް ނަބާ އަވަށަށް ގޮސްފައިވާ މީހުން އުޅޭ ސަރަހައްދަކަށެވެ.

އިސްރާއީލުން މިއަދު ޝަހީދުކޮށްލި ހިޒްބުﷲގެ މައި ތަރުޖަމާނު މުހައްމަދު އަފީފު ނޫސްވެރިންގެ ބައްދަލުވުމެއްގައި

އަފީފަކީ ހިޒްބުﷲގެ މީޑިއާއާ ބެހޭ އެންމެ އިސް ފަރާތެވެ. ބައިރޫތުގައި އުޅޭ ގިނަ ނޫސްވެރިން ހިޒްބުﷲއާ ގުޅަން ބޭނުންކުރާ މީހާއެވެ.

އިރާންގެ ތާއީދު ލިބިފައިވާ ހިޒްބުﷲގެ މީޑިއާއާ ބެހޭ އިދާރާއާ ހަވާލުވުމުގެ ކުރިން އަފީފު ވަނީ ހިޒްބުﷲގެ އަލް މަނާރު ޓީވީ ސްޓޭޝަން އެތައް އަހަރެއްވަންދެން ހިންގައިފައެވެ.

ބެލެވޭ ގޮތުގައި މިއީ ހިޒްބުﷲގެ އަސްކަރީ ފަރާތްތަކުގެ އިތުރުން އެ ޖަމާއަތުގެ އިގުތިސާދީ، އިޖުތިމާއީ އަދި ސިޔާސީ ކަންތައްތަކާ ބެހޭ އޮފިޝަލުން ވެސް ޝަހީދުކޮށްލަން އިސްރާއީލުންކުރާ މަސައްކަތް ހާމަވި ކަމެކެވެ.

އިސްރާއީލުން ސުންނާފަތިކޮށްލައިފައިވާ ބައިރޫތުގެ ދެކުނު ހިސާބުތަކުގައި އަފީފު ވަނީ ނޫސްވެރިންގެ އެތައް ބައްދަލުވުންތަކެއް ބާއްވައިފައެވެ.

ނޫސްވެރިންނަށް އަފީފު އެންމެ ފަހުން މައުލޫމާތު ދިނީ މި މަހު 11 ގައެވެ. އެ ދުވަހު އޭނާ ބުނީ އިސްރާއީލު ސިފައިންނަށް ލުބްނާންގެ އެއްވެސް ބިމެއް ނުހިފޭކަމަށާއި ދިގު މުއްދަތަކަށް ހަނގުރާމައެއްކުރުމަށް ހިޒްބުﷲ އަތުގައި ހަތިޔާރާއި އެހެނިހެން ވަސީލަތްތައް އެބަހުރިކަމަށެވެ.

އަފީފު ޝަހީދުކޮށްލުމަކީ ހިޒްބުﷲގެ ވެރިން އިސްރާއީލުން ޝަހީދުކޮށްލަން ފެށި މަސައްކަތަށް އިތުރުވި ބޮޅެކެވެ. އެ ގޮތުން އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ އެ ޖަމާއަތުގެ އަމީން އާއްމު ހަސަން ނަސްރުﷲ ވެސް ޝަހީދުކޮށްލައިފައެވެ.

ފަލަސްތީނުގެ ހަމާސްއާ ދެކޮޅަށް ފެށި ހަނގުރައިމައިގައި ވޭތުވެދިޔަ އަހަރު އިސްރާއީލުން ހިޒްބުﷲއާ ހަމަލާތައް ބަދަލުކުރަން ފެށި ނަމަވެސް ލުބްނާނަށް ދޭ ހަމަލާތައް ވަރުގަދަކޮށްފައިވަނީ މި ދިޔަ ސެޕްޓެމްބަރު މަހު ފަހުކޮޅެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *