Support Us

ލެބޯޓަރީން ފިލި "ރީސަސް މެކާކްސް" ބާވަތުގެ ރާމާމަކުނު

43 ރާމާމަކުނު ފިލުމުން އެލާޓު ނެރެފި

އެމެރިކާގެ ސައުތު ކެރޮލައިނާ ސްޓޭޓްގައި ސައިންސް ތަހުލީލުކުރާ ލެބޯޓްރީއަކުން 43 ރާމާމަކުނު ފިލުމުން ޔެމަސީ ޓައުންގައި ފުލުހުން އެލާޓު ނެރެފިއެވެ.

ބުރާސްފަތި ދުވަހު މި ކަން ކުރިމަތިވީ ލެބޯޓްރީގެ ދޮރު ރަނގަޅަށް ނުލެއްޕުމުން ކަމަށްވެއެވެ.

"ރައްޔިތުންނަށް އިންޒާރުދީފައިވާނީ ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ލައްޕައިގެން ތިބުމަށް،" ފުލުހުން ބުންޏެވެ.

މި ހަބަރު ހުކުރު ދުވަހު ރިޕޯޓްކުރި ނަމަވެސް މިއިން އެއްވެސް ރާމާމަކުނެއް އަލުން ހިފުނުތޯ ނުވަތަ ނޫންތޯ ރަސްމީ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
"ރީސަސް މެކާކްސް" ބާވަތުގެ މި ރާމާމަކުނުތަކަކީ އަންހެން އެއްޗެހި ކަމަށާއި ބަރުދަނުގައި ކޮންމެ އެއްޗެއްގައި ހުރީ ތިން ކިލޯ ކަމަށް ލެބޯޓަރީން ބުންޏެވެ.

"ކާނާ ދައްކައިގެން އެ ސޮރުމެން ގެނައުމަށް މަސައްކަތް ކުރަމުންދޭ،" ފުލުހުން ސޯޝަލް މީޑިއާގައި ބުންޏެވެ.

އެއިން ރާމާމަކުނެއް ފެނިއްޖެ ނަމަ އެމަޖެންސީ ނަންބަރު 911 އަށް ގުޅުމަށް ފުލުހުން އިލްތިމާސްކުރިއެވެ.

"އެއްވެސް ހާލެއްގައި އެ ރާމާމަކުނުތަކާ ކައިރިވާން މަސައްކަތް ނުކުރުމަށް އެދެން،" ފުލުހުން ބުންޏެވެ.

މިއީ ޅަ ރާމާމަކުނުތަކެއް ކަމަށާއި އެއިން އެއްވެސް ރާމާމަކުނެއް ތަހުލީލެއްގައި އަދި ބޭނުންނުކުރާކަމަށް ފުލުހުން ބުންޏެވެ.
"ލެބޯޓަރީން ކަށަވަރުކޮށްދީފައިވަނީ މި ރާމާމަކުނުތަކަކީ ބަލި ފަތުރާ ވަރަށްވުރެ ޅަ ރާމާމަކުނުތަކެއްކަމަށް،" ފުލުހުން ބުންޏެވެ.
ލެބޯޓަރީން ބުނީ އެ ސޮރުމެން އަމިއްލައަށް އެނބުރި އަންނާނެ ކަމަށް އުއްމީދުކުރެވޭކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *