Support Us

ޣައްޒާގައި އިސްރާއީލުން ހިންގާ ޖަރީމާތައް ކުށްވެރިކުރަން އަރަބި އަދި އިސްލާމީ ދުނިޔެއިން މިދިޔަ އަހަރު ބޭއްވި ސަމިޓު

ޣައްޒާ، ލުބްނާން މަޝްވަރާތަކަށް އިސްލާމީ ވެރިން ސައުދީއަށް

ޣައްޒާ އާއި ލުބްނާނާ ދެކޮޅަށް އިސްރާއީލުން ކުރިއަށްގެންދާ ހަނގުރާމަތައް ހުއްޓުވައިލައިނެ ގޮތެއް ހޯދުމުގެ މަޝްވަރާތަކަށް އިސްލާމީ އަދި އަރަބި ދުނިޔޭގެ ވެރިން ސައޫދީ އަރަބިއްޔާއަށް ވަޑައިގަންނަވަމުންއެބަދެއެވެ.

މާދަމާ ބާއްވާ މި ސަމިޓު ފުރަތަމަ އިއުލާންކުރީ މިދިޔަ މަހު ފަހުކޮޅު ސައޫދީގެ ހާރިޖިއްޔާއިންނެވެ.

"މިއީ ފަލަސްތީނާއި އިސްރާއީލުގެ ވަކި ދެ ދައުލަތް މެދުއިރުމަތީގައި ގާއިމުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބާއްވާ އަރަބި އަދި އިސްލާމީ ގައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމެއް،" ސައޫދީ ހާރިޖިއްޔާއިން ބުންޏެވެ.

ސައޫދީ ދައުލަތުގެ ޓީވީ އަލް އިޚްބާރިޔާ ވަނީ ނައިޖީރިއާގެ ރައީސް ބޫލާ ތިނޫބޫ އާއި ލުބްނާންގެ ބޮޑު ވަޒީރު ނަޖީބް މީގާތީ ސައޫދީއަށް ވަޑައިގަތް މަންޒަރު ދައްކައިފައެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އަދި ޕާކިސްތާނުގެ ބޮޑު ވަޒީރު ޝަހްބާޒް ޝަރީފު ވެސް މި ބައްދަލުވުމަށް ވަޑައިގަންނާނެކަމަށް ސައޫދީ ހާރިޖިއްޔާއިން ބުންޏެވެ.

މި ސަމިޓު މި ބާއްވަނީ އަރަބް ލީގް އާއި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޫޕަރޭޝަން (އޯ.އައި.ސީ)އިން މީގެ އަހަރެއް ކުރިން މި ފަދަ ބައްދަލުވުމެއް ބާއްވައިފައިވަނިކޮށެވެ. އެ ބައްދަލުވުމުގައި އަރަބި އަދި މުސްލިމް ލީޑަރުން ވަނީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރިކަމަކީ ލާއިންސާނީ ޖަރީމާތަކެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.

މާދަމާ އަރަބި އަދި އިސްލާމީ ވެރިން ބައްދަލުކުރެއްވި ނަމަވެސް، އިސްރާއީލާއެކު އޮންނަ ގުޅުންތައް ބާއްވާނެ ގޮތްތަކާމެދު މިހާރު ވެސް ވަނީ ހިލާފު އުފެދިފައެވެ. އެ ގޮތުން އިސްރާއީލާ އިގުތިސާދީ ގޮތުންނާއި ޑިޕްލޮމެޓިކް ގޮތުން ގުޅުން ކަނޑައިލައިނީތޯ އާއި އިސްރާއީލަށް ތެޔޮ ވިއްކުން ހުއްޓާލުމުގެ މައްސަލައާމެދު ހިޔާލުތަފާތުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *