Support Us

އިންތިހާބު ކާމިޔާބުކުރެއްވުމާ ގުޅިގެން ޑޮނަލްޑް ޓްރަމްޕް މިއަދު ރައްޔިތުންނާ މުހާތަބުކުރައްވަނީ

ރައްޔިތުން މިއަދު ފާޅުކުރީ އެއްބައިވަންތަކަމުގެ ރޫހު: ޓްރަމްޕް

އެކި ނަސްލާއި ތަފާތު ސަގާފަތްތަކުގެ ރައްޔިތުން ދެއްކީ އެއްބައިވަންތަކަންކަމަށް، އެމެރިކާގެ ރިޔާސީ އިންތިހާބު މިއަދު ކާމިޔާބުކުރެއްވި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

"މިއީ ފުޅާ ދާއިރާއެއްގައި ހުރިހާ ރައްޔިތުން އެއްބައިވާކަން ދައްކައިދިން އިންތިހާބެއް،" އުމުރުން 78 އަހަރުގެ ޓްރަމްޕް ދެއްވި ކާމިޔާބީ ތަގުރީރުގައި ވިދާޅުވިއެވެ.

ގައުމަށް ދިމާވެފައިވާ ސީރިއަސް މައްސަލަތައް ހައްލުކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އޭގެ ތެރޭގައި ބޯޑަރުގެ ސަލާމަތާއި އިގުތިސާދު އަލުން ދިރުވުމާއި ބައިނަލްއަގުވާމީ މައިދާނުގައި އެމެރިކާ ކުޅޭ ރޯލު ހަރުދަނާކުރުން ހިމެނެއެވެ.

ޓްރަމްޕް ވަނީ އޭނާގެ ރިޔާސީ ކެމްޕޭނަށް ތަރުހީބު ދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ. އެ ގޮތުން އޭނާއަށް ތާއީދުކުރާ ރައްޔިތުންނާއި އާއިލީ މެންބަރުންނާއި ކެމްޕޭންގައި މަސައްކަތްކުރި މީހުންނާއި އަދި އެހެނިހެން ޝަހުސިއްޔަތު ހިމެނެއެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އެލޮން މަސްކް ހިމެނެއެވެ. ޓްރަމްޕަކީ ވެސް ބިލިއަނަޔަރެކެވެ.

ގައުމީ އެއްބައިވަންތަކަމުގެ ތަސައްވުރެއް ގެންގުޅުއްވާކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

"އެމެރިކާގެ ކާމިޔާބީތަކާމެދު ފަހުރުވެރިވާ ހާލުގައި ސުލްހަމަސަލަސްކަމާއި ފާގަތިކަމުގެ 'ރަން ޒަމާނެއް' ގެންނަން ވައުދުވަން،" ޓްރަމްޕް ވިދާޅުވިއެވެ.

އޭނާ ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި އިންތިހާބުން ކާމިޔާބު ލިބިވަޑައިގަތުމަށް ބައެއް ސްޓޭޓްތަކުން ލިބުނު ގިނަ އަދަދެއްގެ ވޯޓުގެ މުހިންމުކަން ހިމެނެއެވެ.

"ސަހަރުތަކާއި ރަށްފުށުގައި ދިރިއުޅޭ ތަފާތު ނަސްލާއި ސަގާފަތްތަކުގެ ރައްޔިތުންގެ ވޯޓު ވަނީ ލިބިފައި. އެ ރައްޔިތުން ބޭނުންވަނީ ޑިމޮކްރެސީ އާއި އާއްމު ރައްކާތެރިކަމާއި އިގުތިސާދުގެ ހަރުދަނާކަމާއި ފަރުދީ މިނިވަންކަން ކަށަވަރުކުރަން. މި ކަން ކާމިޔާބުކުރެވޭނީ އެންމެން އެއްބާރުލައިގެން،" ޓްރަމްޕް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *