އެމެރިކާގެ ނިއު ޔޯކް ސްޓޭޓްގައި މީހަކު އޮޅުކޮށްގެން ގެންގުޅުނު މުގޮށިމީދަލެއް ރަސްމީ އިދާރާއަކުން މަރައިލައިފިއެވެ.
"ޕީނަޓް"ގެ ނަން ދީފައިވާ،
އިއްޔެ މަރައިލި، "ޕީނަޓް"ގެ ނަން ދީފައިވާ މި މުގޮށިމީދާ، އުމުރުން 34 އަހަރުގެ މާކް ލޯންގޯ ސަލާމަތްކުރީ މީގެ ހަތް އަހަރު ކުރިން އެ ސޮރުގެ މަންމަގެ ގައިގައި ކާރަކުން ޖެހި އެ މަންމަ މަރުވި މަންޒަރު ފެނިގެންނެވެ.
ޕީނަޓަށް ހާއްސަކޮށްގެން މާކް ހެދި އިންސްޓަގްރާމް އެކައުންޓްގައި ބައި މިލިއަން ފޮލޮވަރުން އެބަތިއްބެވެ.
މި މުގޮށިމީދާ ކޮންފިސްކޭޓްކުރީ "ރެބީސް" ނަމަކަށް ކިޔާ ބައްޔެއް ފެތުރިދާނެ ކަމަށް ބުނެފައެވެ.
މާކް ބުނީ މުގޮށިމީދާ ގެންދިޔައީ ކޯޓު އަމުރެއް ނުހޯދާ ކަމަށެވެ.
"ވަލުގައި އުޅޭ ޖަނަވާރެއް ނިއު ޔޯކްގައި ގެންގުޅުމަކީ ހުއްދަ ކަމެއް ނޫންކަން އަހަރެންނަށް އެނގޭ. މިހެންވެ ރަސްމީ ހުއްދަ ހޯދުމުގެ މަސައްކަތް އަހަރެން ކުރަނިކޮށް ޕީނަޓު ގެންދިޔައީ،" މާކް ބުންޏެވެ.
ނިއު ޔޯކްގެ ތިމާވެށި ހިމާޔަތްކުރާ ޑިޕާޓްމަންޓް އޮފް އެންވަޔަރަންމެންޓަލް ކޮންޒަވޭޝަން (ޑީ.އީ.ސީ)އިން ޕީނަޓު ގެންދިޔައީ ކާކުކަން ނޭނގޭ ގޮތަށް އެތައް ބަޔަކު ރިޕޯޓްކުރުމުންނެވެ. މި ގޮތަށް އޮންލައިންކޮށް ރިޕޯޓްކުރުމާމެދު މާކް ނުރުހުން ފާޅުކުރިއެވެ.



advertisment