Support Us

އުމުރުން 23 އަހަރުގެ ޓައިޓުއާން ލިޑުކް ސަލާމަތީ ފިޔަވަޅުތައް ނާޅާ އުސް އިމާރާތަކަށް އަރަނީ

އުސް އިމާރާތްތަކަށް އެރުމުން ކެރިއަރެއް ބޭނުން: ޓައިޓުއާން ލިޑުކް

ސަލާމަތީ ފިޔަވަޅުތައް ނާޅާ އުސް އިމާރާތްތަކަށް އެރުމުން ކެރިއަރެއް ބޭނުންކަމަށް އުމުރުން 23 އަހަރުގެ ފްރާންސްގެ ޓައިޓުއާން ލިޑުކް ބުނެފިއެވެ.

ފުލުހުން އިންޒާރު ދިނަސް ސަލާމަތީ ފިޔަވަޅުތައް ނާޅާ އުސް އިމާރާތްތަކަށް އަރާނެކަމަށް ޓައިޓުއާން ބުންޏެވެ.

"ނުރައްކާތެރި ކަމަކަށް ވިޔަސް ރޯނާއި ރައްކާތެރިކަމުގެ އެހެނިހެން ފިޔަވަޅުތައް ވެސް ނާޅާ އުސް އިމާރާތްތަކަށް އެރުމަކީ އަހަރެން އެންމެ ކުރާހިތްވާ ކަންތައް،" ޓައިޓުއާން ބުންޏެވެ.

އޭނާ މި ކަންތައްކުރަން ފެށީ ސަލާމަތީ ފިޔަވަޅު ނާޅާ އުސްއިމާރާތްތަކަށް އަރަން މަޝްހޫރު އަލައިން ރޮބަޓްގެ ހަޔާތާމެދު ޝައުގުވެރިވި ހިސާބުންނެވެ.

"މި ކަމުން އުފާ ލިބޭ. އަދި މިއީ ގޮންޖެހުމެއް ވެސްމެ،" ޓައިޓުއާން ބުންޏެވެ.

އޭނާ ބުނީ މި ކަމުގައި ނުރައްކާ ހުއްޓަސް އަދި އޭނާގެ މައިންބަފައިން މި ކަމާ ދެކޮޅު ހެދިއަސް މި ކަންތައް ހުއްޓައިނުލައިނެކަމަށެވެ.

ފްރާންސްގެ ވެރިރަށް ޕެރިސްގައި ހުންނަ ފްރޭންކްލިން ޓަވަރަށް ދާދި ފަހުން ޓައިޓުއާން ވަނީ އަރައިފައެވެ. އަދި މި ކަމުން އޭނާގެ ކެރުމާއި ހުނަރު ފެނިގެންދިޔައެވެ. ނަމަވެސް ފްރޭންކްލިން ޓަވަރަށް އެރުމުގައި އޭނާގެ އަތް ޒަހަމްވިއެވެ. އަދި ފުލުހުންގެ އިންޒާރެއް އޭނާއަށް ލިބުނެވެ.

"މިއީ ވެސް އާޓްގެ ބާވަތެއް. ދުރުން ބަލާއިރު ފެންނާނީ ބޮޑު އިމާރާތެއްގައި ކުޑަ އިންސާނަކު ހުންނަ މަންޒަރު. މި ކަމުން ކޮންމެ ކަހަލަ ނަތީޖާއެއް ވެސް ނުކުމެދާނެ. އެކަމަކު އަހަރެން މި ކަން ކުރަނީ ޒިންމާދާރުކަމާއެކު،" ޓައިޓުއާން ބުންޏެވެ.

އޭނާ ބުނީ އޭނާގެ ހަޔާތުން ފެންނާނީ އިމާރާތްތަކަށް އެރުމަކީ ޝައުގުވެރިކަމެއް ކަމަށާއި ނަމަވެސް އެ ކަމުގައި ނުރައްކާތަކެއް ވެސް އެބަހުރިކަމަށެވެ.

"މި ކަމަށް ޖިސްމާނީ އަދި ނަފުސާނީ ގޮތުން ވެސް ތައްޔާރުވާންޖެހޭ،" ޓައިޓުއާން ބުންޏެވެ.

އޭނާ ބުނީ އޭނާގެ އަމިއްލަ ނަފުސަށް ގޮންޖަހަމުން އަންނައިރު އޭނާގެ އުއްމީދަކީ ކޮންމެވެސް ދުވަހަކުން އޭނާގެ މި ހޮބީ އޭނާގެ މައިންބަފައިން ބަލައިގަންނާނެ ކަމަށެވެ.

"މި ކުޅިވަރު ކެރިއަރެއްގެ ގޮތުގައި ކުރިއަށްގެންދަން އަހަރެން ބޭނުން،" ޓައިޓުއާން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *