Support Us

ސެލްފީ ނަގަނިކޮށް އެތެއް ފައިދަށުވެ މަރުވެއްޖެ

އިންޑިއާގައި އެތަކާއެކު ސެލްފީއެއް ނަގަން އުޅުނު މީހަކު އެ އެތް އޭނާގެ ގައިމައްޗަށް ފައިންއެރުމުން އޭނާ މަރުވެއްޖެއެވެ.

އިލެކްޓްރިޝަނެއްގެ ވަޒީފާ އަދާކުރާ އުމުރުން 23 އަހަރުގެ ޝަޝިކާންތު ރާމްޗަންދްރާ ސާޓްރާ ކޭބަލް ވަޅުލުމުގެ މަސައްކަތުގައި މަހަރަޝްޓްރާ ސްޓޭޓްގައި އުޅެނިކޮށް ބުރާސްފަތި ދުވަހު އޭނާ އާއި އޭނާގެ ދެ ރަހްމަތްތެރިންނަށް ލިބުނު ހަބަރަކީ އެ ހިސާބުގެ ގަޑްޗިރޯލީ ޖަންގަލީގައި އެތެއް އުޅޭކަމެވެ.

ސާޓްރާ މަރުވިޔަސް އަނެއް ދެ މީހުން ވަނީ ސަލާމަތްވެފައިކަމަށް އެން.ޑީ.ޓީ.ވީން ރިޕޯޓްކުރިއެވެ.

"މި އެތް މިދިޔަ އަހަރުގެ ނޮވެމްބަރާއި މި އަހަރުގެ މެއި މަހާ ދެމެދު މަދުވެގެން ހަތް މީހުން މަރާލައިފައިވޭ،" މި އެތާ ބެހޭ ގޮތުން ދަ ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓްކުރިއެވެ.

މަހާރަޝްޓްރާ ސްޓޭޓްގެ ޖަންގަލިތައް ބަލަހައްޓާ އިދާރާގެ ވިވެކް ކަންދެކަރު ބުނީ މި އެތާމެދު ސަމާލުވުމަށް ވިލެޖްތަކުގައި ދިރިއުޅޭ މީހުންނަށް އިރުޝާދު ދީފައިވާ ކަމަށެވެ.

މީގެ ކުރިން 2021 ގައި އިންޑިއާ މީހަކު ޗަތިސްގަރް ސްޓޭޓްގައި އެތަކާއެކު ސެލްފީއެއް ނަގަން އުޅެނިކޮށް އެ އެތް އޭނާގެ ގައިމައްޗަށް ފައިންއެރުމުން އޭނާ މަރުވިއެވެ.

ސެލްފީ ނަގަން އުޅުމުގެ ތެރޭގައި މަރުވާ މީހުން އެންމެ ގިނައީ އިންޑިއާގައެވެ. ދެވަނައަށް އެމެރިކާ އަންނައިރު ތިންވަނައަށް އަންނަނީ ރަޝިއާއެވެ.

ޖޯނަލް އޮފް ޓްރެވަލް މެޑިސިންގެ ރިޕޯޓެއްގައި ބުނީ 2008 އާއި 2021 އާ ދެމެދު ދުނިޔޭގައި ސެލްފީ ނަގަން އުޅުމުގެ ތެރޭގައި 379 މީހުން މަރުވެފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *