Support Us

އެލަން މަސްކް (ވ) ޑޮނަލްޑް ޓްރަމްޕްއާއެކު

ޓްރަމްޕަށް ތާއީދުކުރާމަތިން އެއް މިލިއަން ޑޮލަރު

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަޕްމް ދެވަނަ ފަހަރަށް ރައީސްކަމަށް ހޮވުމަށް ގޮވައިލައި ބިލިއަނަޔަރު އެލަން މަސްކް ތައާރަފުކޮށްފައިވާ ޕެޓިޝަންގައި ސޮއިކުރާ މީހުންނަށް އެއް މިލިއަން ޑޮލަރު (15.42 މިލިއަން ރުފިޔާ) ދޭން ނިންމައިފިއެވެ.

ރިޔާސީ އިންތިހާބު ބާއްވާ އަންނަ މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ކޮންމެ ދުވަހަކު ހޮވާލެވޭ މީހަކަށް މި އަދަދުން ފައިސާ ދިނުމަށް ހަމަޖެހިފައިވެއެވެ.

"މިއީ މިނިވަން ހިޔާލު ފާޅުކުރުމާއި ހަތިޔާރު ގެންގުޅުމުގެ ހައްގަށް ތާއީދުކުރާ ޕެޓިޝަނެއް،" މަސްކް މިހާރު ގަނެފައިވާ ކުރީގެ ޓްވިޓާގައި އޭނާ ލިޔުނެވެ.

މި އިނާމު މިހާރު ވަނީ އިއްޔެއިން ފެށިގެން ދޭން ފަށައިފައެވެ. އެ ގޮތުން ޕެންސިލްވޭނިއާ ސްޓޭޓްގެ ކެމްޕެއިން ހަރަކާތެއްގައި ޖޯން ޑްރެހާ ނަމަކަށް ކިޔާ މީހަކަށް އިއްޔެ ވަނީ އެއް މިލިއަން ޑޮލަރު ދީފައެވެ.

މަސްކު ބުނީ އެމެރިކާގެ މިހާރުގެ ނައިބު ރައީސް ކަމަލާ ހެރިސްއަށް ރައީސްކަން ލިބިއްޖެ ނަމަ އެމެރިކާ މިހާރު އޮތް ގޮތަށް ނޯންނާނެކަމަށެވެ.

ހިޔާލު ހޯދުމުގެ ޕޯލްތަކުން ދައްކާ ގޮތުގައި ޓްރަމްޕާއި ކަމަލާގެ މަގުބޫލުކަމުގެ ދެމެގައި މާބޮޑު ތަފާތެއް ނޫޅެއެވެ.

މަސްކަކީ މިހާރު ދުނިޔޭގައި ހުރި އެންމެ މުއްސަނދި މަހުޖަނެވެ. އޭނާގެ މިލްކިއްޔާތުގައި 274 ބިލިއަން ޑޮލަރު (4025 ބިލިއަން ރުފިޔާ) އެބަހުއްޓެވެ. މިހެންވެ ދުވާލެއްގެ މައްޗަށް ބަހައިލައިގެން ޕެޓިޝަންގައި ސޮއިކުރާ މީހުންނަށް ދިނުމަށް ހަމަޖެހިފައިވާ މުޅިއަކު 17 މިލިއަން ޑޮލަރު (260 މިލިއަން ރުފިޔާ)އަކީ އޭނާގެ މުއްސަނދިކަމަށް ބަލާއިރު އެއްވެސް އެއްޗެއް ނޫނެވެ. ޓްރަމްޕްގެ ކެމްޕޭނަށް ހަރަދުކުރަން މަސްކު ހެދި "އެމެރިކާ ޕީ.އޭ.ސީ" ގްރޫޕަށް މުޅިއަކު ވަނީ 75 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ)ލައިފައެވެ.

ރައީސްކަމަށް ދެވަނަ ފަހަރަށް ވަޑައިގެންފި ނަމަ މަސްކަށް ސަރުކާރު ވަޒީފާއެއް ދެއްވާނެކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *