Support Us

ސީސަރިއާގައި ހުންނަ ނަތަންޔާހޫގެ ޗުއްޓީ ހޭދަކުރާ ގެއަށް ދެވޭ މަގުގައި އިސްރާއީލު ސިފައިން ހަރަކާތްތެރިވަނީ

ލުބްނާންގެ ޑްރޯން ހަމަލާއެއް ނަތަންޔާހޫގެ ގެއަކަށް

ލުބްނާނުން މިއަދު ފޮނުވައިލި ތިން ޑްރޯނުންކުރެ އެއް ޑްރޯން އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫ ޗުއްޓީ ހޭދަކުރާ ގެއަކަށް އަރައިފިއެވެ.

ނަތަންޔަހޫ އެ ވަގުތު އެ ހިސާބުގައި ނޫޅޭ ކަމަށާއި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭކަމަށް ނަތަންޔާހޫގެ ތަރުޖަމާނަކު ބުންޏެވެ.

ޑްރޯން ހަމަލަ އަރައިފައިވަނީ އިސްރާއީލުގެ އުތުރު ސަރަހައްދެއްކަމަށްވާ ސީސަރިއާގައި ހުންނަ ނަތަންޔާހޫގެ ޗުއްޓީ ހޭދަކުރާ ގެއަށެވެ.

މި ހަމަލާއަކީ ނަތަންޔާހޫ މަރައިލަން ދިން ހަމަލާއެއް ކަމަށް ވެސް ބައެއް ފަރާތްތަކުންދެކެއެވެ. އެ ގޮތުން 43 މޭލުގެ ރާސްތާ ކަޑައްތުކޮށްފައި ހަމަލާ ފޮނުވައިލި އަމާޒުފަތްގަނޑަށް ޑްރޯން އެރުމުން އިސްރާއީލުން ވަނީ ކަންބޮޑުވެފައެވެ.

"އަނެއް ދެ ޑްރޯން ވައްޓާލެވުނު. އުތުރު އިސްރާއީލަށް ލުބްނާނުން މިއަދު 100 އަށްވުރެ ގިނަ ރޮކެޓް ހަމަލާ ފޮނުވައިލި. އެކަކު މަރުވެ 13 މީހުން ޒަހަމްވި،" އިސްރާއީލުގެ އަސްކަރިއްޔާއިން ބުންޏެވެ.

މި އަދަދަށް ރޮކެޓު ފޮނުވައިލީ ނަތަންޔާހޫ ޗުއްޓީ ހޭދަކުރާ ގެއަށް ފޮނުވައިލި ޑްރޯން އިސްރާއީލު ސިފައިންގެ ސަމާލުކަމަށް އައިސްފައިނެތީކަމަށް ބެލެވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *