Support Us

ޖަރުމަނީގެ ސަހަރެއްގެ ސަރުކާރު އިމާރާތްތަކުގައި ކެކްޓަސް މަނާކޮށްފި

ޖަރުމަނީގެ ޓައުނެއްގެ މޭޔަރަކު، ސިޓީ ކައުންސިލާއި ސްކޫލްތަކާއި ޕްރިސްކޫލްތައް ފަދަ ސަރުކާރު އިމާރާތްތަކުގައި ކެކްޓަސް ގަސް ބެހެއްޓުން މަނާކޮށްފިއެވެ.

ހަނަފަސް ސަހަރާތަކުގައި ހެދޭ ކަށި ހުންނަ މި ބާވަތުގެ ގަސް ޕްލެޓެންބާގްގައި މަނާކުރީ ސްކޫލެއްގައި ހުރި ކެކްޓަސް ގަހެއްގައި ބީހުނު މީހަކަށް ސިއްހީ ފަރުވާ ދޭންޖެހުމުންނެވެ.

"އެ މީހާގެ އަތް ޒަހަމްވީ ގޮތަށް ކުޑަކުއްޖެއްގެ މޫނު ވެސް ޒަހަމްވެދާނެ،" ކައުންސިލުން ބުންޏެވެ.

އެ މީހާގެ ޒާތީ މައުލޫމާތު ހާމަކުރަން ނޭދޭތީ އޭނާއަށް ލިބުނީ ކޮން ކަހަލަ ޒަހަމެއްކަން ހާމަކުރެވެން ނެތްކަމަށް ކައުންސިލުން ބުންޏެވެ.

"ކަންތައްތައް މިހާރު ހުރި ގޮތުން ސަރުކާރުގެ އިމާރާތްތަކުގައި ހުރި ސަރުކާރުގެ އަދި އާއްމު މީހުންގެ ކެކްޓަސް ގަސްތައް ވަގުތުން ނަގަން އަންގަން. މި ކަހަލަ ގަސްގަހުން ސީރިއަސް ޒަހަމްތަކެއް ލިބިދާނެ،" މޭޔަރު އުލްރިޝް ޝުލްޓް ބުންޏެވެ.

އޭނާ ބުނީ މި އަމުރަކީ ހަމަނުޖެހޭ ނިންމުމެއްކަމަށް ބައެއް މީހުންނަށް ހީވިއަސް ސަރުކާރު މުވައްޒަފުންގެ އިތުރުން ސްކޫލްތަކާއި ޑޭކެއާ ސެންޓަރުތަކުގައި ކުޑަކުދިން ޒަހަމްވެދާނެކަން އެއީ ހަގީގަތެއްކަމަށެވެ.

ކައުންސިލްގެ ތަރުޖަމާނަކު ބުނީ ޕްލެޓެންބާގް ސަހަރުގެ ހުރިހާ ސަރުކާރު އިމާރާތްތަކުން މިހާރު ކެކްޓަސް ގަސްތައް ނަގައިފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *