Support Us

އަންހެނުން އުފުއްލައިގެން ދުވުމުގެ ރޭސް މި ފަހަރު ތަފާތު

އެމެރިކާގެ މެއިން ސްޓޭޓްގައި ކޮންމެ އަހަރަކު ބާއްވާ އަންހެނުން އުފުއްލައިލައިގެން ދުވުމުގެ މުބާރާތް ތަފާތު ގޮތަކަށް މި ފަހަރު ބާއްވައިފިއެވެ.

މި ފަހަރުގެ މުބާރާތުގައި 30 ޖޯޑު ވަނީ 833 ފޫޓު ދުރަށް ދުވެފައެވެ. އެ ގޮތުން ފެންގަނޑާއި ކިސަޑު ތެރެއިން ދިއުމުގެ އިތުރުން ވައްޓައިލައިފައިވާ ގަސްބުރިތަކުގެ މަތިން ވެސް ހުރަސްކުރަންޖެހުނެވެ.

އަލުއި ބަސްތާއެއްހެން ފިރިހެންމީހާގެ ބުރަކައްޓަށް ލައިގެން އަންހެނުން ވަނީ އުފުލައިލައިގެން ދުވެފައެވެ.

މި ކުޅިވަރުގެ ފެށުމުގައި އޮތީ ރަނގަޅު ތާރީހެއް ނޫނެވެ. ކުޅިވަރު ރޭވި ފަރާތުގެ ވެބްސައިޓުގައި ބުނީ މިއީ 19 ވަނަ ގަރުނުގައި "ރޮކައިނަން" ނަމަކަށް ކިޔާ ފިންލެންޑް މީހެއްގެ ގޭންގަކުން އެހެން ވިލެޖްތައް ސުންނާފަތިކޮށްފައި ގަދަކަމުން އަންހެނުން ނަގައިގަނެގެން ގެންދިޔަކަމުގެ ފުލޯކު ވާހަކައަކާ ގުޅުވައިގެން އުފެދިފައިވާ ޒަމާންވީ ކުޅިވަރެއް ކަމަށެވެ.

މި ފަހަރުގެ މުބާރާތުގައި ބައިވެރިވި ޖޯޑުތައް ކައިވެނީގެ ގޮތުން ގުޅިފައިވާ ދެމަފިރިންނަށް ވާންޖެހޭނެކަމުގެ ޝަރުތެއް ނެތެވެ. އަދި ހަމައެއާއެކު އިދިކޮޅު ދެ ޖިންސުގެ ޖޯޑަކަށް ވާކަށް ވެސް ނުޖެހުނެވެ.

އެއް ފިރިހެނަކު ހުރީ މަޝްހޫރު ކާޓޫނު "ދި އިންކްރެޑިބްލްސް"ގެ ހެދުމެއް ލައިގެންނެވެ. މުބާރާތް ބަލަން ވަރަށް ގިނަ އާއިލާތަކާއެކު ކުޑަކުދިން ވެސް ދިޔައެވެ.

އިނާމެއްގެ ގޮތުގައި ލިބުނީ އެއްވަނައަށްދާ ޖޯޑުގެ "އަނބިމީހާ"ގެ ބަރުދަނާ ހަމަކުރާ ވަރަށް ބިއަރާއި އަދި ފައިސާގެ އިނާމެކެވެ.

"ކޮންމެ އަހަރަކު މަޖާކޮށްލަން ބައިވެރިވަން. މޮޅުވުމުގެ އުއްމީދު ކުޑަ. ނަމަވެސް ކުޅިބަލާމީހުން އެންމެންނަށް ވެސް ތަރުހީބުދޭތީ ވަރަށް މަޖާ،" މުބާރާތުގައި ބައިވެރިވި ނިއު ޔޯކް ސްޓޭޓްގެ ވޭޑް ޕޯޓަފީލްޑް ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *