Support Us

މީދާ މަދުކުރުމަށް ދޭތެރެދުރުކުރާ ބޭހެއް

އެމެރިކާގެ ނިއު ޔޯކްގައި އަނިޔާވެރިކަމާއެކު މީދާ ނުމަރައި، ނަމަވެސް އޭގެ އަދަދު މަދުކުރަން އާ ބޭހެއް އީޖާދުކޮށްފިއެވެ. އެއީ ކޮންޓްރާޕެސްޓް ނަމަކަށް ކިޔާ ދޭތެރެދުރުކުރާ ބޭހެކެވެ.

"މި ބޭސް އެކި ތަންތަނުގައި ކޮންޓޭނަރުތަކެއްގައި އަންނަ އަހަރު ބަހައްޓަން ފަށާނަން،" ސިޓީ ކައުންސިލުން ބުންޏެވެ.

އެ ތަނުން ބުނީ މި ބޭސް ކާވަރު ދެނެގަންނަން ދޭތެރެދޭތެރެއިން ކޮންޓޭނަރުތަކުގައި ބާކީ ހުރީ ކިޔާވަރެއްގެ ބޭހެއްތޯ ބަލާނެކަމަށެވެ.

ފަތްޕިލާވެލިން އުފައްދައިފައިވާ މި ބޭސް ހެދި ކުންފުނި ކަމަށްވާ ސެނެސްޓެކުން ބުނީ ޑޯޒެއް ނަގާ ކޮންމެ ފަހަރަކު 45 ދުވަސް ވަންދެން އެ މީދަލެއް މާބަނޑު ނުވާނެ ކަމަށެވެ.

"މި ކަމުގެ ސަބަބުން މީދަލުގެ އާބާދީ ދަށްވަމުން އަންނާނީ އެހެން ޖަނަވާރުންނާއި ތިމާވެއްޓަށް ގެއްލުމެއް ނުދީ،" އެ ކުންފުނިން ބުންޏެވެ.

އެ ތަނުން ބުނީ މި ބޭހަކީ މީދާ މަރަން ދޭ ވިހައަށްވުރެ ކާމިޔާބު ބޭހަކަށްވާނެ ކަމަށެވެ. ސަބަބަކީ "މީދާ ބޭސް" ކައިގެން މަރުވާ އަދަދަށްވުރެ ވިހާ އަދަދު ގިނަވީމައެވެ.

"މީދާ ބޭސް ކައިގެން މަރު ވަނީ މަދު އަދަދެއްގެ މީދާ. މީދާ ބޭސް ލީ ނަމަވެސް އަހަރަކު 15،000 މީދާ އާބާދީއަށް އިތުރުވޭ،" ސެނެސްޓެކުގެ ވެބްސައިޓުގައި ބުންޏެވެ.

އެ ތަނުން ބުނީ ކޮންޓްރަޕެސްޓަކީ ވިހައެއް ނޫން ކަމަށާއި އެހެން ޖަނަވާރުންނާއި ތިމާވެއްޓަށް މި ދޭތެރެދުރުކުރާ ބޭހުން ގެއްލުމެއް ނުލިބޭނީ މިހެންވެ ކަމަށެވެ.

ކޮންޓްރަޕެސްޓުން އަންހެން މީދަލަށް މެނެޕޯޒް ކުރިމަތިކުރުމުގެ އިތުރުން ފިރިހެން މީދަލުގައި ދަރިފަނި އުފެދޭ މިންވަރު ދަށްކުރާތީ ދިގު މުއްދަތެއްގެ ތެރޭގައި މީދަލުގެ އާބާދީ 95 ޕަސެންޓް ދަށްވާނެ ކަމަށް ސެނެސްޓެކުން ދެކެއެވެ.

އެއް އަހަރު ދުވަހަށް ކުރިއަށްގެންދާ މި ތަހުލީލު މަޝްރޫއަށް ދީފައިވާ ނަމަކީ "ފްލެކޯސް ލޯ"އެވެ. އެއީ ނިއު ޔޯކްގެ ހައިވާނު ބަގީޗާއިން މި ދިޔަ އަހަރު ފިލި ބަކަމޫނަކަށް ކިޔާ ނަމެވެ. އޭގެ އަހަރެއްހާ ދުވަސް ފަހުން މި ދިޔަ ފެބްރުއަރީ މަހު ފްލެކޯ ފެނުނީ މީދާ ބޭސް ކައިގެން މަރުވެފައިވަނިކޮށެވެ.

ނިއު ޔޯކްގައި ތިން މިލިއަން މީދާ އުޅޭކަމަށް، ނުރައްކާތެރި ހައިވާނުން ނައްތައިލައި އެމް.އެމް.ޕީ.ސީ.އިން އަންދާޒާކުރެއެވެ. މިއީ 2014 ގައި ޖޮނަތަން އަޔަބެކްއިން ހެދި ދިރާސާއަކުން ދެއްކި އަދަދެކެވެ.

ނިއު ޔޯކްގައި ގިނަ އަދަދަކަށް މީދާ އުޅޭކަމީ މަޝްހޫރު ކަމެކެވެ. ސަބަބަކީ މީދަލުގެ ވީޑިއޯތައް ސޯޝަލް މީޑިއާއަށް އެތައް ބަޔަކު ލާތީއެވެ.

ސެނެސްޓެކްގެ ކޮންޓްރަޕެސްޓް ބޭސް ލުމަށް ތާއީދުކުރި ކައުންސިލް މެންބަރު ޝޯން އަބްރޫ ބުނީ ރައްޔިތުން ޓައްޕަށް ކުނި އަޅައި ނަމަ ވަރަށް ބޮޑު އެހީއަކަށް ވާނެ ކަމަށެވެ.

"ވިހަ ލައި، މީދާ މަރައިގެން މީދާ ނައްތައިލެވޭކަށް ނެތް،" އޭނާ ބުންޏެވެ.

ޖަނަވާރުންނަށް އަނިޔާވެރިވުމާ ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާ، ޕީޕަލް ފޮ ދަ އެތިކަލް ޓްރީޓްމަންޓް އޮފް އެނިމަލްސް (ޕީ.އީ.ޓީ.އޭ)އިން ބުނީ ސެނެސްޓެކުން އުފެއްދި ކޮންޓްރަޕެސްޓް ބޭހަށް ތަރުހީބު ދޭ ކަމަށެވެ.

"ވިހަ އާއި ނޭވާ ހާސްކޮށްލުން ފަދަ އަނިޔާވެރި ގޮތްތަކުގެ ބަދަލުގައި ދޭތެރެދުރުކުރާ ބޭހަކުން މީދާ މަދުކުރަން ކައުންސިލުން ނިންމި ނިންމުމަށް މަރުހަބާކިޔަން،" އެ ޖަމިއްޔާއިން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *