Support Us

ބޮޑެތި މީހުންގެ ފިލްމެއް ދައްކައިފައި ގަންތާސް އެއާލައިނުން މައާފަށް އެދެފި

އޮސްޓްރޭލިއާގެ ގަންތާސް ފްލައިޓެއްގައި 18 އަހަރުން މަތީގެ މީހުންނަށް އެކަށީގެންވާ ފިލްމެއް ދެއްކި މައްސަލާގައި އެ އެއާލައިނުން މައާފަށް އެދެފިއެވެ.

އޮސްޓްރޭލިއާގެ ސިޑްނީން ޖަޕާންގެ ޓޯކިއޯއަށް ހޮނިހިރު ދުވަހު ކުރި ނުވަ ގަޑިއިރާއި ބައިގެ ފްލައިޓްގައި، މިދިޔަ އަހަރު ނުކުތް "ޑެޑިއޯ" ނަމަކަށް ކިޔާ ފިލްމް، ފްލައިޓްގެ މުނިފޫހިފިލުވުމުގެ ނިޒާމުން ނެގުމަށް އެއް ގަޑިއިރު ހޭދަވިއެވެ.

ފްލައިޓްގައި އެތައް އާއިލާ އާއި ކުޑަކުދިން ތިއްބެވެ.

"އަހަރެމެންގެ މުވައްޒަފުން މި ފިލްމް ފްލައިޓްގެ މުނިފޫހިފިލުވުމުގެ ނިޒާމަށް ލީ ގޮތެއް މިހާރު މި ދަނީ ތަހުގީގުކުރަމުން،" އެއާލައިނުގެ ތަރުޖަމާނަކު ބުންޏެވެ.

ހުތުރު ބަހުން ވާހަކަދެއްކުމާއި ބަރަހަނާ މީހުންނާއި އަދި ޖިންސީ ގުޅުން ދައްކައިތީ "ޑެޑިއޯ"އަކީ އިނގިރޭސި ވިލާތުގައި 18 އަހަރުން މަތީގެ މީހުންނަށް އެކަނި ހުއްދަކޮށްފައިވާ ފިލްމެކެވެ. އޮސްޓްރޭލިއާގައި މި ފިލްމް ހުއްދައީ 15 އަހަރުން މަތީގެ މީހުންނަށް ކަމަށްވާއިރު އެމެރިކާގައި މި ފިލްމް 18 އަހަރުން ދަށުގެ ކުޑަކުދިންނަށް ބެލުން ހުއްދަކޮށްފައިވަނީ މައިންބަފައިން އަދި ބެލެނިވެރިންގެ އިޒުނަ ލިބިގެންނެވެ. އެއީ "ރިސްޓްރިކްޓެޑް" ނުވަތަ "އާރް" ރޭޓިންނެއް ދީގެންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *