Support Us

ކުޑަކުއްޖާ ގުރުބާންކޮށްގެން މަރައިލި ހާދިސާގައި ހައްޔަރުކުރި ފަސް މީހުން ފުލުހުން ހައްޔަރުކޮށްފައި

ސްކޫލެއްގެ "ފާގަތިކަމަށް" ކުޑަކުއްޖަކު ގުރުބާންކޮށްފި

އިންޑިއާގެ އަމިއްލަ މަދަރުސާއަކަށް ފާގަތިކަން ގެންނަން ކަމަށް އުޒުރު ދައްކައި ކުޑަ ފިރިހެންކުއްޖަކު ގުރުބާންކޮށްފިއެވެ.

މި މައްސަލައިގައި ކުއްޖާގެ ބައްޕަ އާއި ސްކޫލްގެ ޑިރެކްޓަރާއި އަދި ތިން ޓީޗަރުން ހައްޔަރުކޮށްފައިވެއެވެ.

އުއްދަރު ޕްރަދޭޝް ސްޓޭޓްގައި ހިންގި މި އަމަލުގައި މަރައިލައިފައިވަނީ ސޮފްޓްވެއާ އިންޖިނިއަރެއްގެ ދަރިފުޅެވެ؛ އެއީ ގްރޭޑް ދޭއްގެ ދަރިވަރެކެވެ.

"ޑިރެކްޓަރު ދިނޭޝް ބަގެލް އާއި ބައްޕަ ޖަޝޯޑާން ސިންގް މި ކަމެއްކުރީ ތިން ޓީޗަރުންގެ އެހީގައި،" ފުލުހަކު ބުންޏެވެ.

އޭނާ ބުނީ ސިންގްއަކީ ސިހުރު ގަބޫލުކުރާ މީހެއް ކަމަށާއި އިންސާނަކު ގުރުބާންކުރުމުން ސްކޫލަށް ކުރިމަތިވެފައިވާ މާލީ މައްސަލަތައް ހައްލުވާނެކަމަށް އޭނާ ދެކޭ ކަމަށެވެ.

"މި ޖަރީމާގައި އިތުރު މީހުން ބައިވެރިވެފައިވޭތޯ ތަހުގީގުކުރަމުން މިއަންނަނީ،" ފުލުހުންގެ އިސް އޮފިސަރެއްކަމަށްވާ ނިޕުން އަގަރްވާލް ދަ ޓައިމްސް އޮފް އިންޑިއާއަށް ބުންޏެވެ.

އޭނާ ބުނީ ސްކޫލްގެ ޑިރެކްޓަރާއި ސިންގް މީގެ ކުރިން ވެސް މި ކަހަލަ ކަމެއް ކުރަން އުޅުނު ކަމަށާއި ނަމަވެސް އެ ކަން ކާމިޔާބުނުވި ކަމަށެވެ. އަގަރްވާލް މި ކަމުގެ ތަފުސީލު ހާމައެއްނުކުރެއެވެ.

"މި ފަހަރު މިދިޔަ މަހުގެ 22 ވަނަ ދުވަހު އެ ކުއްޖާ ނިދައިފައި އޮއްވައި ސްކޫލްގެ ވަޅެއްގެ ބިއްދޮށުގައި ބޭއްވި ތަނާ އެ ކުއްޖާ ހޭލުމުން އެ ކަމާ ހާސްވެގެން އެ ކުއްޖާ ނޭވާ ހާސްކޮށްލައި މަރައިލީ،" އަގަރްވާލް ބުންޏެވެ.

ކުއްޖާގެ ހަށިގަނޑު ޖެހިގެން އައި ދުވަހު ސްކޫލްގެ މުވައްޒަފުންނަށް ފެނުނީ ހޮސްޓަލްގެ އެނދުމަތީގައި އޮއްވައެވެ.

"އެކަމަކު ފުލުހުންނަށް އެންގުމުގެ ބަދަލުގައި ސިންގް އޭނާގެ ދަރިފުޅުގެ ހަށިގަނޑު ކާރަށް ލައިގެން ސަހަރުގެ އެކި ތަންތަނަށް ދުއްވީ،" ދަ ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓްކުރިއެވެ.

"ބައްޕަ ކޮންމެ ގޮތަކަށް ކަންތައް ކުރިއަސް އެ ކުއްޖާގެ އާއިލާގެ އެހެން މެންބަރުން އައިސް ރިޕޯޓް ކުރީ އެ ކުއްޖާ ގެއްލިގެން،" އަގަރްވާލް ބުންޏެވެ.

މަދުން ނަމަވެސް އިންޑިއާގައި އަދިވެސް އިންސާނުން ގުރުބާންކުރުމުގެ ސަގާފަތް ކުރިއަށްގެންދެއެވެ. އެ ގޮތުން 2014 އާއި 2021 އާ ދޭތެރޭގައި 103 މީހުން ގުރުބާންކޮށް މަރައިލައިފައިވާ ކަމަށް ގައުމީ ޖިނާއީ ކުށްތަކުގެ ތަފާސްހިސާބު ބަލަހައްޓާ އިދާރާއިން ބުންޏެވެ. އޭގެ ތެރޭގައި 2022 ގައި ކެރެލާ ސްޓޭޓްގައި ދެ އަންހެނުން ގުރުބާންކުރުމުގެ ކުށުގައި ތިން މީހުން ހައްޔަރުކުރިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *