Support Us

ނިކް ހޭގް (ކ) އަދި އެލެކްސެންޑާ ގޯބަނޯފް އިއްޔެ ފުރީ ސުނީތާ ވިލިއަމްސް އާއި ބުޗް ވިލްމޯއަށް ތަކެތި ހިފައިގެން

ޖައްވުގައި ތާށިވި ދެ އެސްޓްރޮނޯޓުން ބަލައި ފުރައިފި

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައި.އެސް.އެސް)ގައި ތާށިވެފައިވާ ދެ އެސްޓްރޮނޯޓުން އަނބުރާ ދުނިޔެއަށް ގެނައުމަށް ސްޕޭސް-އެކްސްގެ އުޅަނދު ފުރައިފިއެވެ.

ޑްރެގަން ކެޕްސޫލު އިއްޔެ ފުރީ ހުސް ދެ ޖާގައާއެކުއެވެ. އެއީ މިދިޔަ ޖޫން މަހުއްސުރެ އައި.އެސް.އެސް.ގައި ތާށިވެފައިވާ ދެ އެސްޓްރޮނޯޓުން ކަމަށްވާ ސުނީތާ ވިލިއަމްސް އާއި ބުޗް ވިލްމޯ އަންނަ ފެބްރުއަރީ މަހު ދުނިޔެއަށް އަނބުރާ ގެނައުމަށެވެ. ދެ އެސްޓްރޮނޯޓުން އައި.އެސް.އެސް.އަށް ދިޔަ ބޮއިންގް ސްޓާލައިނާގައި ޓެކްނިކަލް މައްސަލަ ޖެހެމުން ދެ މީހުން ބައިތިއްބައިފައި ސްޓާލައިނާ މި މަހު ވަނީ ދުނިޔެއަށް އެނބުރި އައިސްފައެވެ.

އެންމެ އަށް ދުވަހަށް އައި.އެސް.އެސް.އަށް ދިޔަ ސުނީތާއަށާއި ބުޗްއަށް ބޭނުންވާނެ ތަކެތި ހިފައިގެން ޑްރެގަންގައި ފުރީ ނާސާގެ އެސްޓްރޮނޯޓު ނިކް ހޭގް އާއި ރަޝިއާގެ ކޮސްމޮނޯޓް އެލެކްސެންޑާ ގޯބަނޯފްއެވެ.

ޑްރެގަން ފުރަތަމަ ފުރަން އޮތީ ބުރާސްފަތި ދުވަހުއެވެ. ނަމަވެސް ހަލީން ތޫފާނު އެމެރިކާގެ ތިން ސްޓޭޓް ކަމަށްވާ ފްލޮރިޑާ، ޖޯޖިއާ އަދި ޓެނެސީއަށް ފޯރުމުން އުޅަނދު ފުރުން ލަސްކޮށްލީއެވެ.

ބިލިއަނަޔަރު އީލޮން މަސްކްގެ ސްޕޭސް-އެކްސް ކުންފުނިން ކޮންމެ ހަ މަހަކުން އެއް ފަހަރު އައި.އެސް.އެސް.އަށް އެސްޓްރޮނޯޓުން ގެންދެއެވެ.

ޑްރެގަން އައި.އެސް.އެސް.ގައި ބަނދަރުކުރާނީ މިއަދު ޖީ.އެމް.ޓީ ގަޑިން ރޭގަނޑު 9.30 ގައެވެ.

އެމެރިކާގެ ޖައްވީ އިދާރާ ނާސާ އާއި ރަޝިއާގެ ޖައްވީ އިދާރާ ރޮސްކޮސްމޮސްއާވެފައިވާ އެއްބަސްވުމުގެ ދަށުން އައި.އެސް.އެސް.އަށް ދާ ތިން ގޮނޑީގެ ސޮޔުޒް އުޅަނދުގައި ނާސާގެ އެއް އެސްޓްރޮނޯޓު ގެންދެއެވެ. އަދި ހަތަރު ސީޓު ހުންނަ ޑްރެގަންގައި ރަޝިއާގެ އެއް ކޮސްމޮނޯޓު ގެންދެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *