Support Us

ބަދަލުހިފުމުގެ ގޮތުން އެތެއް މަރައިލުމުން ހޫނުވެއްޖެ

އިންޑިއާގައި މުސްކުޅި މީހަކަށް އެތެއް ހަމަލާ ދީ އޭނާ މަރައިލުމުން އެ ކަމުގެ ބަދަލުހިފުމެއްގެ ގޮތުގައި ކަމާ ނުބެހޭ އަންހެން އެތެއް މަރައިލުމުން ބޮޑު މައްސަލައަކަށްވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ވީޑިއޯތަކުން ފެންނަނީ އަލިފާން ރޯކޮށްފައިވާ ދަނޑިތަކާއި ދަގަނޑުތަކެއް އެ އެތާ ދިމާއަށް އެއްލައި މަންޒަރެވެ. އަދި އެ އެތުގައި ގައިގެ ހަންގަނޑު ކަނޑައިގެން ގޮސްފައިވާ ޒަހަމަކާއި ގައިގައި މޮހޮރު ހެރިފައިވާ މަންޒަރު ވެސް ފެނެއެވެ.

ވެސްޓް ބެންގޯލް ސްޓޭޓްގައި ހިނގި މި ހަދިސާގައި ހަމަލާ އަމާޒުވި އެތް ވަނީ ހަމަލާ ދިންތާ އަށް ގަޑިއިރު ފަހުން މަރުވެފައި ކަމަށް ޖަރްގްރަމް ސިޓީގެ އޮފިޝަލުން ވިދާޅުވިއެވެ.

"މި ހާދިސާއިން ދައްކައިދެނީ އިންޑިއާގައި އެތާއި އިންސާނުންނާ ދެމެދު ހޫނުވަމުންދާ ގުޅުންތައް،" އެ ތަނުން އޮފިޝަލަކު ވިދާޅުވިއެވެ.

"ޖަންގަލިތަކާ ބެހޭ އިދާރާއިން އެތް ސަލާމަތްކުރެވޭތޯ މަސައްކަތްކުރި،" ދަ ޓައިމްސް އޮފް އިންޑިއާއިން ބުންޏެވެ.

އެތަށް ހަމަލާ ދިނީ ކޮން ބައެއްތޯ ދެނެގަތުމަށް ފުލުހުން ތަހުގީގެއް ފަށައިފައިވިޔަސް އެއީ ކޮން ބައެއްކަން އަދި ނޭނގެއެވެ.

މި އެތް މަރުވިއިރު ޖަރްގްރަމްގެ ރަށްވެހިން ވަނީ މުޅިއެކު ހަ އެތަށް ހަމަލާ ދީފައެވެ. އޭގެ ތެރޭގައި ދެ ޅަ އެތް ވެސް ހިމެނެއެވެ. މި ގޮތަށް މި އެތްތަކަށް ހަމަލާ ދިނީ މި ގްރޫޕްގެ ފިރިހެން އެތެއް މީހަކަށް ހަމަލާ ދީ އޭނާ މަރައިލުމުން އެ ކަމަށް ބަދަލުހިފުމުގެ ގޮތުންނެވެ.

ހައިވާނުންނާ ދިމާއަށް އަލިފާން އުކުމަކީ އިންޑިއާގެ ދިރޭތަކެތި ރައްކާތެރިކުރުމާ ބެހޭ ގާނޫނުގައި މަނާކޮށްފައިވާ ކަމެކެވެ.

އިންޑިއާގެ ޖަނަވާރުން ރައްކާތެރިކުރުމަށް މަސައްކަތްކުރާ އެކްޓިވިސްޓުންނާއި ހައިވާނުންގެ ހައްގުތައް ސަލާމަތްކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ އެތް މަރައިލުން ކުށްވެރިކޮށްފައެވެ.

އަލިފާނުން ބިރުދައްކައިގެން ޖަނަވާރުން ތަމްރީންކުރުމަކީ މަނާކަމެއް ކަމަށް ހަދައިދޭން 2018 ގައި ސުޕްރީމް ކޯޓުގައި އެދުނު ޖަނަވާރުން ހިމާޔަތްކުރުމާ ބެހޭ އެކްޓިވިސްޓް ޕްރާނާ ސިންގް ބިންދްރާ ބުނީ އެތް މަރައިލި ގޮތަކީ 1972 ގައި އިންޑިއާގައި ފާސްކޮށްފައިވާ ޖަނަވާރުން ރައްކާތެރިކުރުމާ ބެހޭ ގާނޫނާ ހިލާފު އަމަލެއް ކަމަށެވެ.

"އެތް ފައްސައިލުމަށް އަލިފާން އުކުމަކީ އިންޑިއާގެ ސުޕްރީމް ކޯޓުން މުޅިން މަނާކޮށްފައިވާ ކަމެއް. އެ ޕެޓިޝަން ހުށަހެޅީ ވެސް އަހަރެން،" ޕްރާނާ ބުންޏެވެ.

އޭނާ ބުނީ އެތަށް ސަލާމަތްތެރިކަން ދޭ ކަމަށާއި އެތާމެދު މާތްކޮށް ހިތާކަމަށް އިންޑިއާގެ ރައްޔިތުން ބުނާއިރު، އެތް އުޅޭނެ ޖާގައެއް ޖިސްމާނީ އަދި ޖަޒުބާތީ ގޮތުން ވެސް ފޯރުނުކޮށްދެވޭ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް