Support Us

ކަރާ ގޮތަށް ކުލަޖައްސައިފައިވާ ޑްރަގް ޕެކެޖްތަކުގެ ތެރެއިން ޕެކެޖެއް

ކަރާގެ ސިފައިގައި ޕެކެޖްކޮށްގެން ޑްރަގް ސްމަގްލްކުރަން އުޅެފި

ކަރާގެ ސިފަ ޖައްސައިފައިވާ ޕެކެޖްތަކަށް މެތަމްފެޓަމައިން ނުވަތަ ކުރުކޮށް "މެތު" ނަމަކަށް ކިޔާ މަސްތުވާތަކެތި އަޅައިގެން އެމެރިކާއަށް އެތެރެކުރަން އުޅެފިއެވެ.

އެމެރިކާގެ ބޯޑަރު ބަލަހައްޓާ އެޖެންޓުން ބުނީ މެކްސިއޯއިން ސްމަގްލްކުރަން އުޅުނު މި ޕެކެޖްތަކުގެ އަގު ފަސް މިލިއަން ޑޮލަރު (76 މިލިއަން ރުފިޔާ)އަށް އަރައިކަމަށެވެ.

ބަރުދަނުގައި 2،000 ކިލޯ ހުރި މި ޑްރަގްސް ލައިފައިވާ ޕެކެޖްތަކުގައި ހުރީ ކަރާ ހުންނަ ގޮތަށް ކުލަ ޖައްސައި، އެހެން މުދާތަކާ އެއްކޮށްފައެވެ.

އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގައި ކޮންޓެއިނަރު އުފުލާ ލޮރީއެއް ހުއްޓުވައި ތަންކޮޅެއް ރަނގަޅަށް ޗެކުކުރުމުން އެނގުނީ އެ އުޅަނދުގައި ހުރީ 1،200 "ކަރާ" ނޫން ކަމެވެ.

"ކުލަ ކަރުދާހުގައި ޕެކޭޖްކޮށްފައި ހުރީ މެތަމްފެޓަމައިން،" ބޯޑަރު އޮފިޝަލަކު ވިދާޅުވިއެވެ.

މިއީ ލެބޯޓްރީގައި އުފައްދާ މަސްތުވާތަކެތީގެ ބާވަތެކެވެ.

މި މެތު ޝިޕްމަންޓް އަތުލައިގަނެ، އަދި އުމުރުން 29 އަހަރުގެ ލޮރީ ޑްރައިވަރު ހޯމްލޭންޑް ސެކިއުރިޓީ އިދާރާއާ ވަނީ ހަވާލުކޮށްފައެވެ.

މެތަމްފެޓަމައިނަކީ އެޓެންޝަން ޑެފިސިޓް ހައިޕައެކްޓިވިޓީ ޑިސްއޯޑަރ (އޭ.ޑީ.އެޗް.ޑީ) ނަމަކަށް ކިޔާ ނަފުސާނީ ބައްޔަކަށް ނަފުސާނީ ޑޮކްޓަރުން ދޭ ބޭހެކެވެ.

މަގުމަތީގައި މި ޑްރަގަށް ބައިވަރު ނަންތައް ކިޔައެވެ. އޭގެ ތެރޭގައި އައިސް، ޗޯކް އަދި ސްކޫބީ ސްނެކްސް ހިމެނެއެވެ.

މެތަމްފެޓަމައިން ވަގު ވިޔަފާރިކުރާ ފަރާތްތަކުން ގޭގައި އެ "ކައްކައި" އެއަށް އަރިދަފުސް ރޯގާއަށް ދޭ ބޭސް ވެސް އެއްކުރެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް