Support Us

ބިންގަނޑު ކަނޑައިގެންދިއުމުން ގެއަކާއި އެ ގެ ހުރި ހިސާބު އަޑިއަޅައިލައިފައި

ބިންގަނޑު ކަނޑައިގެންދިއުމުން ތައިލެންޑުގައި 10 މަރު

ޗުއްޓީ ހޭދަކުރުމަށް ގިނަ އަދަދަކަށް ދިވެހިން ވެސް ޒިޔާރަތްކުރާ ތައިލެންޑުގެ ޕުކެޓް ޕްރޮވިންސަށް ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެންދިއުމުގެ ސަބަބުން 10 މީހުން މަރުވެއްޖެއެވެ.

މަރުވި މީހުންގެ ތެރޭގައި ހިމެނެނީ މިޔަންމާގެ ހަ ރައްޔިތުންނާއި ރަޝިއާގެ ދެ މީހުންނާއި ތައިލެންޑްގެ އެކަކެވެ. މަރުވި ބާކީ މީހާއަކީ ކޮން ގައުމެއްގެ މީހެއްކަން އަދި ސާފެއް ނުވެއެވެ.

ރޭ ނެކަޑް ފަރުބަދަ ކަނޑައިގެން ދިއުމުން ހިނގި މި ހާދިސާގައި މީހުން މަރުވީ އެ މީހުން ތިބި ގޭގޭގެ މައްޗަށް ފަސްއެޅި ފޮރުވުމުންނެވެ.

މަރުވި ހުރިހާ އެންމެންގެ ހަށިގަނޑުތައް މިހާރު ވަނީ ހޯދިފައެވެ.

ކިސަޑު ފޭބުމުގެ ސަބަބުން ގެއަކާއި މަގަކަށް ގެއްލުން ލިބިފައި

ފަސް ގޭގެ 25 މީހުން ވަނީ އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ.

ޕުކެޓްގެ ގަވަރުނަރުގެ ނައިބު ސެތަ ތޮންކަމް ވިދާޅުވީ މި ހާދިސާއާ ގުޅޭ ކަންތައްތައް ބެލުމަށް މަރުކަޒެއް ގާއިމުކޮށްފައިވާ ކަމަށެވެ.

"މަރުވި މީހުން ހޯދުމަށާއި ދިރިތިބި މީހުން އެހެން ތަންތަނަށް ގެންދަން ސަރުކާރުގެ އެކި އިދާރާތްތައް ވިލަރެސްކޮށްފައިވާނީ،" ސެތަ ވިދާޅުވިއެވެ.

ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ގޮސް އަދި ކިސަޑު ފޭބި ކަރާން އަވަށަށް ކަނޑުގެ ސިފައިން ފޮނުވައިފައިވާ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.

"އެ މީހުން މަސައްކަތް ކުރަމުންދަނީ ހަލާކުވި ގެތައް މަރާމާތު ކުރުމަށާއި ނެކަޑް ފަރުބަދައިން މަގުތަކާއި ގޭގެ ހުރި ސަރަހައްދަށް ފޭބި ކިސަޑުތައް ނެގުމަށް،" އޮފިޝަލަކު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް