Support Us

ބޭސް އުފައްދާ އަމިއްލަ ކުންފުނި އެޝިއެންޝާ އެޑްވާންސްޑް ސައިންސަސްގައި ހިނގި ގޮވުމުގައި މަރުވެ އަދި ޒަހަމްވި މީހުން ހޯދަނީ

17 މީހުން މަރުވީ ބޭސް އުފައްދާ ޕްލާންޓުން ކެމިކަލެއްގެ އާވި ލީކުވެ ރިއެކްޓަރެއް ގޮވުމުން

އިންޑިއާގައި ބޭސް އުފައްދާ ޕްލާންޓެއްގައި އެއްޗެއް ގޮވުމުގެ ސަބަބުން 17 މީހުން މަރުވި ހާދިސާގައި ޒަހަމްވި މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަން މިއަދު ނިންމައިލައިފިއެވެ. އާވި ލީކުވުމުގެ ސަބަބުން ހިނގި މި ހާދިސާގައި ގާތްގަނޑަކަށް 40 މީހުން ޒަހަމްވިއެވެ.

އަންދްރަ ޕްރަދޭޝް ސްޓޭޓްގެ އަނަކަޕައްލި އަވަށުގައި ހުންނަ ބޭސް އުފައްދާ އަމިއްލަ ކުންފުނި އެޝިއެންޝާ އެޑްވާންސްޑް ސައިންސަސްގައި ހިނގި ހާދިސާއަކީ ފަހުގެ ތާރީހެއްގައި ހިނގި އެންމެ ނުރައްކާތެރި ގޮވުން ކަމަށް އިންޑިއާގެ ސިނާއަތްތަކާ ބެހޭ ސެކްރެޓަރީ އެން. ޔުވަރާޖް ވިދާޅުވިއެވެ.

މި ހާދިސާއާ ބެހޭ ގޮތުން އެޝިއެންޝާއިން ވަކި އެއްޗެއް ނުބުންޏަސް ސަރުކާރު އޮފިޝަލުން ވިދާޅުވީ ހާދިސާ ހިނގަން ދިމާވީ ކެމިކަލް ރިއެކްޓަރު ގޮވުމުން ކަމަށް ބެލެވޭ ކަމަށެވެ.

ރަސްމީ އިދާރާތަކުން ބުނީ ހާދިސާ ހިނގަން ދިމާވި ސަބަބު ދެނެގަތުމަށްޓަކައި ސީ.ސީ.ޓީ.ވީ ފުޓެޖް ބަލަމުންދާ ކަމަށާއި ހާދިސާ ހިނގަން ދިމާވީ މީހަކަށް ހެދުނު ގޯހެއްގެ ސަބަބުންތޯ އޮޅުންފިލުވުމަށް ޒަހަމްވި މީހުންނާ ސުވާލުކުރަމުންދާ ކަމަށެވެ.

ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބެލުމަށްޓަކައި ފެށި ތަހުގީގުން މިހާތަނަށް އެނގުނީ މެތުލް ޓާޓް-ބިއުޓަލް އީތާ ނަމަކަށް ކިޔާ މައްދާއެއްގެ ސަބަބުން ކެމިކަލް ރިއެކްޝަނެއް ހިނގައިގެން ކެމިކަލް ރިއެކްޓަރު ގޮވީ ކަމަށް ޔުވަރާޖް ވިދާޅުވިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަރުވި މީހުންގެ އާއިލާތަކަށް ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.

"ދުނިޔޭގެ ފާމަސީ"ގެ ގޮތުގައި މަޝްހޫރުވެފައިވާ އިންޑިއާގައި ބޭސް އުފައްދާ އެތައް ޕްލާންޓްތަކެއްވެއެވެ.

އަނަކަޕައްލިގައި ހުންނަ ސަހީތީ ފާމާ ޕްލާންޓްގައި މިދިޔަ އަހަރު ހިނގި އަލިފާނުގެ ހާދިސާއެއްގައި ދެ މީހުން މަރުވެ ފަސް މީހުން ޒަހަމްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް