Support Us

23 މިލިއަން ރުފިޔާގެ ކުުކުޅު ވިންގް ވަގަށްނެގުމުން ނުވަ އަހަރުގެ ޖަލު ހުކުމެއް

ގާތްގަނޑަކަށް 1.5 މިލިއަން ޑޮލަރު (23 މިލިއަން ރުފިޔާ)ގެ އަގުހުރި ކުކުޅު ވިންގް ނެގި އަންހެނަކަށް ނުވަ އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

އެމެރިކާގެ އިލިނޮއި ސްޓޭޓްގެ ކުކް ކައުންޓީގެ ސްކޫލެއްގައި މަސައްކަތްކުރާ ވޭރާ ލިޑެލް ވަނީ އެއް އަހަރު ދުވަހަށް ދެމިގެންދިޔަ މި ވައްކަންކޮށްފައެވެ. ވޭނެއްގައި ވަގަށް ގެންގޮސްފައިވަނީ މުޅިން ވެސް ކުކުޅުގެ ވިންގެވެ.

ވޭރާ ވަގަށްނަގައިފައިވަނީ 11،000 ކޭސްގެ ކުކުޅު ވިންގެވެ. އެއީ ކޮވިޑް-19 ގެ ޕެންޑެމިކްގެ ދުވަސްވަރު ދަރިވަރުންނަށް ބަހަން ހުރި ކުކުޅު ވިންގެވެ.

އުމުރުން 68 އަހަރުގެ ވޭރާ މި ވައްކަން ފެށީ 2020 ވަނަ އަހަރުގެ ޖުލައި މަހުއެވެ. މި ކަން ފަޅާއެރީ އޯޑިޓެއް ހަދައިގެން ބެލިއިރު އޭނާ މަސައްކަތްކުރި ސްކޫލްގެ ކާބޯތަކެތީގެ ބަޖެޓަށް 300،000 ޑޮލަރު (ހަތަރު މިލިއަން ރުފިޔާ) އިތުރުވުމުންނެވެ.

11،000 ކޭސްގެ ކުކުޅު ވިންގް ވަގަންނެގި ވޭރާ ލިޑެލް

ވޭރާ މި ބޮޑު ވައްކަން ކުރިއިރު މަދަރުސާތައް ވަނީ ބަންދުކޮށްފައެވެ. މިހެންވެ ސްކޫލުން ދިޔައީ މި ކުކުޅު ވިންގްތައް ދަރިވަރުންގެ ގޭގެއަށް ފޮނުވަމުންނެވެ. ނަމަވެސް ޝަރީއަތަށް ސާބިތުވީ މިއިން އެއްވެސް ކުކުޅު ވިންގެއް "އެއްވެސް ކުއްޖަކު ލޮލުން ނުދެކޭ" ކަމަށެވެ.

ސްކޫލްގެ ކާބޯތަކެތި ބަލަހައްޓާ ވެރިޔާގެ ގޮތުގައި ވޭރާ 10 އަހަރު މަސައްކަތްކޮށްފައިވެއެވެ.

އޭނާއަށް ފުރަތަމަ ކުރެވުނު ދެ ތުހުމަތަކީ ވައްކަންކުރުމާއި ވަގުވިޔަފާރިއެއް ހިންގުމެވެ.

ނުވަ އަހަރުގެ ޖަލު ހުކުމެއް ވޭރާއަށް އައީ އޭނާގެ ކުށަށް އޭނާ އިއުތިރާފުވުމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް