Support Us

މިޔަންމާގެ މޯންޑާވް ޓައުނުގައި ރޮހިންގާ ނަސްލުގެ ރެފިއުޖީން

ޑްރޯން ހަމަލާތަކެއްގައި ރޮހިންގާ ނަސްލުގެ 200 މަރު

މިޔަންމާއިން ފިލައިގެން ބަންގްލަދޭޝްއަށް ވަންނަން ދަނިކޮށް, މީސްކޮޅުމަދު ރޮހިންގާ ނަސްލުގެ މުސްލިމުންނަށް ޑްރޯންއިން ހަމަލާތަކެއްދީ 200 މީހުން ޝަހީދުކޮށްލައިފިއެވެ.

މި ގަތުލުއާއްމު ހިންގީ ބަންގްލަދޭޝްގެ ބޯޑަރާ ކައިރީގައި އޮންނަ ރަކީން ސްޓޭޓުން ފިލައިގެން ބަންގްލަދޭޝްއަށް ވަންނަންދިޔަ ރޮހިންގާ ނަސްލުގެ މީހުންނަށް ދިން ހަމަލާތަކެއްގައެވެ.

"ފުނިފުންޏަށް ހަށިގަނޑުތައް އޮތް. މާބަނޑު އަންހެނަކާއި އޭނާގެ އުމުރުން ދެ އަހަރުގެ އަންހެން ދަރިފުޅު ވެސް މަރުވި،" ރޮއިޓާސްއާ ހަވާލާދީ ދި އިންޑިޕެންޑެންޓްއިން މިއަދު ބުންޏެވެ.

މި ގަތުލުއާއްމު ހިންގީ މިޔަންމާގެ އަސްކަރިއްޔާ އާއި މިޔަންމާގެ އަސްކަރީ ސަރުކާރާ ދެކޮޅު ހަތިޔާރުއެޅި ޖަމާއަތްތަކާ ދެމެދު ހަނގުރާމަ ހިނގަމުންދަނިކޮށެވެ.

މަންޒަރު ދުށް މީހުން ތުހުމަތުކުރީ މި ޑްރޯން ހަމަލާތައް ދިނީ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އަރަކަން އާމީއިންކަމަށެވެ. ނަމަވެސް އަރަކަންއިން މި ކަން ދޮގުކުރިއެވެ.

މިޔަންމާގައި ޑިމޮކްރެސީގެ ދަށުން އިންތިހާބުކުރި ލީޑަރު އަންގް ސަން ސޫ ކީ 2021 ގައި ވެރިކަމުން ދުރުކުރި ފަހުން ގައުމުގައި ވަނީ ހަމަނުޖެހުން އުފެދިފައެވެ. އެ ގޮތުން މުޒާހަރާތައް ވަނީ ހަތިޔާރުއެޅި ހަރަކާތްތަކަކަށް ބަދަލުވެފައެވެ. އަންގް މިހާރު ހުންނެވީ 27 އަހަރުގެ ޖަލު ހުކުމެއްގައެވެ.

ވޭތުވެދިޔަ ހަފުތާތަކުގައި ރޮހިންގާ ނަސްލުގެ މީހުން ދިޔައީ ރަކީންއިން ފިލައިގެން ބަންގްލަދޭޝްއަށް ހިޖުރަކުރަމުންނެވެ. އެއީ މުސްލިމުންގެ އާބާދީ ބޮޑު މިޔަންމާގެ އުތުރުގައި އަރަކަންއަށް ހަނގުރާމަމަތީ ގޮތުން ބޮޑެތި ކާމިޔާބީތަކެއް ލިބެން ފެށުމާ ގުޅިގެންނެވެ.

ޑްރޯން ހަމަލާތައްދިނީ މިޔަންމާގެ އައްސޭރީގައި އޮންނަ މޯންޑާވް ނަމަކަށް ކިޔާ ޓައުންއަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް