ދުވަހަކީ 1937 ވަނަ އަހަރުގެ ޑިސެމްބަރު މަހެވެ. އިނގިރޭސި ވިލާތުގެ މަޝްހޫރު ފުޓުބޯޅަ ދެ ޓީމު ކަމަށްވާ ޗެލްސީ ފުޓްބޯލް ކްލަބް އާއި ޗާލްޓަން އެތުލެޓިކް ފުޓްބޯލް ކްލަބް ބައްދަލުކުރި މެޗު 60 ވަނަ މިނެޓުގައި މެދުކަނޑައިލިއެވެ. ދުންފިނި ނުވަތަ "ފޮގް"ގެ ސަބަބުން އެއްވެސް ތަނެއް ނުފެންނާތީއެވެ.
ނަސީބު ދެރަކަމުން ޗާލްޓަންގެ ގޯލްކީޕަރު ސޭމް ބާޓްރެމްއަށް މެޗު ހުއްޓައިލި ކަމެއް ނޭނގެއެވެ. މިހެންވެ، އިތުރު 15 މިނެޓު ވެސް އޭނާ ދިޔައީ ގޯލު ބަލަހައްޓަމުންނެވެ.
އޭނާގެ ފަހަތުގައި ކުޅިބަލަން ތިބި މީހުންގެ ފޯރީގެ އަޑާހުރެ ރެފުރީ ކަށިގަނޑު ފުމުނު އަޑު އޭނާއަކަށް ނީވެއެވެ. އިދިކޮޅު ޓީމުގެ ގޯލަށް އޭނާގެ ޓީމުގެ ކުޅުންތެރިން ހަމަލާ ދެމުން ދިޔައީ ކަމަށް އޭނާ ހީކުރިއެވެ. އޭނާ ހުރީ އަތްދިއްކޮށްގެން، ދުންފިނީގެ ތެރޭގައި، އޭނާގެ ގޯލު ދިފާއުކުރުންމަތީގައެވެ.
ދަނޑުމަތީގެ ފުލުހުން އޭނާގެ ގާތަށް އަންނަން 15 މިނެޓު ނެގިއެވެ. އެ މީހުން އޭނާގެ ގާތަށް އައިސް އޭގެ 15 މިނެޓު ކުރިން މެޗު ހުއްޓައިލި ކަމަށް ބުންޏެވެ.

ސޭމްއަށް މި ކަމުން ލިބުނީ ފުން ހިތާމައެކެވެ. އަދި އޭނާގެ މަޝްހޫރު އިބާރާތްކޮޅު އެ ވަގުތު ބުނެވުނެވެ:
"އަހަރެންގެ ރަހްމަތްތެރިންގެ ދޮރު އަހަރެން ރައްކާތެރިކޮށްދެނިކޮށް އެ މީހުން އަހަރެންގެ މަތިން ހަނދާން ނެތުން މިއީ ހާދަ ދެރަކަމެކެވެ."
ހަޔާތުގެ ކުޅިވަރަކީ މި ކަހަލަ ކަމެކެވެ. އަހަރެމެންގެ ވަށައިގެންވާ އެތައް ބައެއްގެ އަމާޒުތައް ފަރުވާތެރިކަމާއި ތަރުހީބާއެކު އަހަރެމެން ރައްކާތެރިކޮށްދެމެވެ. ނަމަވެސް މާހައުލު ނުސާފުވުމުން އޭގެ ތެރެއިން ބައެއް މީހުން އަހަރެމެން ނަގައި އެއްލައިލައެވެ.



advertisment