ބޭވަފާތެރިވުމަކީ ހަމައެކަނި ތިބާގެ ޒަވާޖީ ހަޔާތުގެ ބައިވެރިޔާ ފިޔަވާ އެހެން މީހުންނާއެކު އެއްދާން ކުރުމެއް ނޫނެވެ. ބޭވަފާތެރިވާ ކިތައްމެ ގޮތެއްވެއެވެ. މި ބަލައިލަނީ އޭގެ ތެރެއިން 10 ކަމަކަށެވެ.
- ތިބާގެ ފިރިމީހާއަށް ނޭނގި އެހެން ފިރިހެނެއްގެ ފަރާތުން ފައިސާ ލިބިގަތުން.
- ތިބާގެ އަނބިމީހާއަށް ނާންގައި އެހެން އަންހެނަކަށް ފައިސާ ދިނުން.
- ތިބާގެ ޒަވާޖީ ހަޔާތުގެ ބައިވެރިޔާ ފިޔަވާ އެހެން މީހުންނާއެކު ޖިންސީ ޖޯކު ކިޔުން.
- ތިބާގެ ޒަވާޖީ ހަޔާތުގެ ބައިވެރިޔާއަށް ދައްކަން ބޭނުންނުވާ މެސެޖްތައް ތިބާގެ ފޯނުން ފުހެލުން.
- ތިބާގެ ޒަވާޖީ ހަޔާތުގެ ބައިވެރިޔާ ތިބާގެ ގާތުގައި ހުއްޓައި، ތިބާ ގުޅުން ބާއްވާ އަނެއް މީހާ ތިބާއަށް ފޯނުކޮށްފި ނަމަ އެ ކޯލަށް ޖަވާބުނުދިނުން ނުވަތަ ތިބާގެ ޒަވާޖީ ހަޔާތުގެ ބައިވެރިޔާއާ ދުރަށް ގޮސް ސިއްރިޔާތުގައި އެ ކޯލަށް ޖަވާބުދިނުން.
- ތިބާ ކައިވެނިން ބޭރުގައި ގުޅުން ބާއްވާ މީހާގެ ގާތުގައި ތިބާ ހުއްޓާ ތިބާގެ ޒަވާޖީ ހަޔާތުގެ ބައިވެރިޔާ ތިބާއަށް ފޯނުކޮށްފި ނަމަ އެ ކޯލަށް ޖަވާބުނުދިނުން ނުވަތަ ތިބާގެ ކައިވެނިން ބޭރުގައި ގުޅުން ބާއްވާ މީހާއާ ދުރަށް ގޮސް ތިބާގެ ޒަވާޖީ ހަޔާތުގެ ބައިވެރިޔާގެ ކޯލަށް ޖަވާބުދިނުން.
- ތިބާގެ ޒަވާޖީ ހަޔާތުގެ ބައިވެރިޔާއަށް ނޭނގޭނެ ގޮތަށް ނުވަތަ އެނގެން ބޭނުންނުވާ ގޮތަށް ތިބާ ގުޅުން ބާއްވާ އެހެން މީހުންގެ ނަންތައް "ފޭކު" ނަންތަކެއްގެ ގޮތުގައި އޮޅުވައިލައިގެން ތިބާގެ ފޯނުގެ "ކޮންޓެކްޓް" ލިސްޓްގައި "ސޭވް"ކުރުން.
- ތިބާ ކައިވެނިން ބޭރުގައި ގުޅުން ބާއްވާ މީހާއާއެކު ހުންނަ ވަގުތު ތިބާގެ ޒަވާޖީ ހަޔާތުގެ ބައިވެރިޔާއަށް ތިބާ ހުރީ ކޮން ތަނަކުކަން އޮޅުވައިލުން. އަދި ހަމަ މި ފަދައިން، ތިބާގެ ޒަވާޖީ ހަޔާތުގެ ބައިވެރިޔާއާއެކު ހުންނަ ވަގުތުގައި ތިބާ ހުރީ ކޮން ތަނެއްގައިކަން ތިބާ ޒަވާޖީ ހަޔާތުން ބޭރުގައި ގުޅުން ބާއްވާ މީހާއަށް އޮޅުވައިލުން.
- "އޮފީސް ހަޒްބަންޑް" ނުވަތަ "އޮފީސް ވައިފް" ގެންގުޅުން. ޖިންސީ ގުޅުން ނުހިންގިއަސް ތިބާގެ މަސައްކަތުގެ މާހައުލުގައި ތިބާއާއެކު މަސައްކަތްކުރާ އެހެން މުވައްޒަފުންނާއެކު މާ ގާތް ގުޅުމެއް ބޭއްވުމަކީ ބޭވަފާތެރިވުން.
- ޒަވާޖީ ހަޔާތުގެ މައްސަލަތައް ފުނިޖެހެމުން ދާއިރު ވެސް އެ ކަންތައްތައް ހައްލުކުރަން ނޫޅުން. މި ކަމުގެ ސަބަބުން ތިބާގެ ހަށިގަނޑާއި ފުރާނައާއި ރޫހަށް ނޭދެވޭ އަސަރުކުރާނެ.
މި ބަލައިލީ ޖިންސީ ގުޅުން ނުހިންގިއަސް ތިބާގެ ޒަވާޖީ ހަޔާތުގެ ބައިވެރިޔާއަށް ބޭވަފާތެރިވާ 10 ގޮތަކަށެވެ. ތިބާގެ ނަފުސަށް ތެދުވެރިވާށެވެ. ސިއްރިޔާތުގައި ހިނގާ ކަންތައްތައް ދެނެވޮޑިގެންވާ މާތްކަލާނގެއަށް ވެސް ތެދުވެރިވާށެވެ. ތިބާގެ ކައިވެނި ރޫޅިގެން ހިނގައިދާނެ ހުރިހާ ކަމަކުން ތިބާ ރައްކާތެރިކުރައްވާހުށި!
ނޯޓް: ތަރުޖަމާއެއް
