އޮސްޓްރޭލިއާގެ ހޮކީ ކުޅުންތެރިޔާ މެޓް ޑޯސަން މީގެ ދެ ހަފުތާ ކުރިން ކުޅުނު ހޮކީ ތަމްރީނު މެޗެއްގައި ހޮކީ ބެޓަކުން ޖެހި އޭނާގެ ކަނާތުގެ ކަށިއިނގިލި ވަރަށް ބޮޑަށް ޒަހަމްވިއެވެ.
އުމުރުން 30 އަހަރުގެ މެޓްގެ އިނގިލި ވަނީ ކިރިޔާ އަތުން ވަކި ނުވެއެވެ. އަދި ރަނގަޅު ވާން ހަ މަހެއްހާ ދުވަސް ނަގާނެ ކަމަށް ޑޮކްޓަރުން ވިދާޅުވުމުން މެޓް ބޭނުންވީ އިނގިލި ބުރިކޮށްލުމަށް ފަހު އޮލިމްޕިކްސްގައި ބައިވެރިވުމަށެވެ.
އޮސްޓްރޭލިއާ ޓީމުގެ ދިފާއަށް ކުޅޭ މެޓް މިއީ އޮލިމްޕިކްސްގައި ބައިވެރިވާ ތިން ވަނަ ފަހަރެވެ.
ފްރާންސްގެ ވެރިރަށް ޕެރިސްގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސް ކުޅިވަރުތަކުގައި ބައިވެރިވުމަށް މެޓް ކިތައްމެ ޝައުގުވެރިވި ނަމަވެސް އޭނާގެ އަނބިމީހާ އޭނާގެ ގާތުގައި ބުނީ ފަހުން ހިތާމަކުރަން ޖެހިދާނެ ނިންމުމެއް ކުއްލިއަކަށް ނުނިންމުމަށެވެ.
"ނަމަވެސް އަހަރެންނަށް ވިސްނުނީ އިނގިއްޔަކާ ނުލައި ވެސް ދިރިއުޅެވިދާނެކަން،" މެޓް ބުންޏެވެ.



advertisment