މިޔަރެއްގެ ސަބަބުން ބަނޑުބޮޑުވި ކަމަށް ވާހަކަ ފެތުރުނު މަޑި މަރުވެއްޖެއެވެ.
"ޝާލޮޓް"ގެ ނަން ދީފައިވާ މި މަޑި މިޔަރެއްގެ ސަބަބުން ބަނޑުބޮޑުވި ކަމަށް ނުބައި ހަބަރެއް ފެތުރުނީ މިދިޔަ މެއި މަހުއެވެ. އެއީ އެ ސޮރު ގެންގުޅުނު އެމެރިކާގެ ނޯތު ކެރޮލައިނާ ސްޓޭޓްގައި ހުރި މަސްފެންގަނޑު އޮޕަރޭޓްކުރާ ފަރާތުން އެ ގޮތަށް އޮޅުމަކުން ހަބަރު ފެތުރީމައެވެ.
"އެކުއޭރިއަމް އެންޑް ޝާކް ލެބް ބައި ޓީމް އެކޯ"އިން ފޭސްބުކްގައި ބުނީ ޝާލޮޓްގެ ދަރިމައިވުމުގެ ނިޒާމަށް ޖެހިފައިވާ ބަލިން އެ ސޮރު ރަނގަޅުނުވީ ކަމަށެވެ.
ބަނޑުބޮޑުވި ކަމަށް ފުރަތަމަ ހީކުރެވުނީ ޝާލޮޓްގެ ހަށިގަނޑު ދުޅަވާން ފެށީމައެވެ. ނަމަވެސް އިތުރު ތަހުލީލުތައް ކުރުމުން އެނގުނީ ޝާލޮޓުގެ ދަރިމައިވުމުގެ ނިޒާމަށް އާދަޔާހިލާފު ބައްޔެއް ޖެހިފައިވާ ކަމެވެ.
އެކޯއިން ބުނީ ޝާލޮޓް މަރުވީ މީގެ ދެ ހަފުތާ ކުރިން ކަމަށެވެ.
ޗާލޮޓްގެ ދަރިމައިވުމުގެ ނިޒާމަށް ޖެހުނު ބަލީގެ ހަގީގަތް އަދިވެސް ނޭނގޭ ކަމަށްވެއެވެ.
މިޔަރެއްގެ ސަބަބުން ޝާލޮޓް ބަނޑުބޮޑުވި ކަމަށް އެކޯއިން ބުނުމުން ކަނޑުތަކުގެ ދިރުންތަކާ ބެހޭ އިލްމްވެރިން ކަމަށްވާ މެރިން ބަޔޮލޮޖިސްޓުން އެކޯއަށް ވަރަށް ފާޑުކިޔެވެ. މިޔަރެއްގެ ސަބަބުން މަޑިއެއް ބަނޑުބޮޑު ނުވާނެ ކަމަށް ބުނެއެވެ.
ބެލެވޭ ގޮތުގައި އެކޯއިން އެ ކަހަލަ ނުބައި ހަބަރެއް ފެތުރީ ޝާލޮޓް ގެންގުޅުނު ޓޭންކްގައި އެ ސޮރާއެއްކޮށް 10 ވަރަކަށް އަހަރުވަންދެން ގެންގުޅުނީ ހަމައެކަނި މިޔަރެއް ކަމަށްވާތީއެވެ.



advertisment
One Response
ސާބަހޭ! އޮޅިގެން ނުވާ ކަމެއް ނެތް އުތަ!