މެދުއިރުމަތީގެ ގައުމެއް ކަމަށްވާ އުމާންގެ ވާދީ އަލް-ކަބީރު ސަރަހައްދުގައި ބަޑިޖަހައި ހަ މީހުން މަރައިލައިފިއެވެ.
ސުލްހަވެރި ގައުމެއް ކަމަށްވާ އުމާންގެ ވެރިރަށް މަސްކަތުގައި ހުންނަ އިމާމް އަލީ މިސްކިތް ކައިރީގައި ހޯމަ ދުވަހުގެ ރޭ ދިން މި ހަމަލާގައި 30 މީހުން ވަނީ ޒަހަމްކޮށްލައިފައެވެ.
މި ހަމަލާގެ ޒިންމާ ނަގައިފައިވަނީ އިސްލާމިކް ސްޓޭޓް (އައި.އެސް)އިންނެވެ.
އުމާންގެ ފުލުހުން ބުނީ މި ހަމަލާގައި އުމާންގެ ފުލުހަކު ވެސް މަރުވެފައިވާ ކަމަށެވެ.
ޕާކިސްތާނުގެ ހާރިޖިއްޔާއިން އިއްޔެ ބުނީ މަރުވި މީހުންގެ ތެރޭގައި ޕާކިސްތާނުގެ ހަތަރު ރައްޔިތުން ހިމެނޭ ކަމަށެވެ.
އުމާންގެ ފުލުހުން ބުނީ މި ހަމަލާގައި ބައިވެރިވި ތިން މީހުން ވަނީ މަރައިލައިފައި ކަމަށެވެ.
މި ހަމަލާ މި އައީ އުމާންގެ ޝީއައި މުސްލިމުންގެ ތެރޭގައި އާޝޫރާ ދުވަސް ފާހަގަކުރަމުންދަނިކޮށެވެ.
"ޒަހަމްވި ޕާކިސްތާނުގެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން މިހާރު އަންނަނީ. މިއީ އަނިޔާވެރި ޓެރަރިސްޓް ހަމަލާއެއް،" ޕާކިސްތާނުގެ ހާރިޖިއްޔާއިން ބުންޏެވެ.
ޕާކިސްތާނުގެ ބޮޑު ވަޒީރު ޝަހްބާޒް ޝަރީފް އެކްސްގައި އިއްޔެ ވިދާޅުވީ މި ހާދިސާގެ ސަބަބުން އޭނާއަށް "ފުން ހިތާމައެއް" ލިބިވަޑައިގެންފައިވާ ކަމަށެވެ.
މަސްކަތުގައި ހުންނަ އިންޑިއާގެ އެމްބަސީން ބުނީ ހަމަލާގައި އިންޑިއާގެ އެކަކު މަރުވެ، އެކަކު ޒަހަމްވެފައިވާ ކަމަށެވެ.
އެ ސަހަރުގައި ހުންނަ އެމެރިކާގެ އެމްބަސީން ވަނީ ސަލާމަތީ އަލާޓެއް ނެރެފައެވެ؛ އޭގައި އުމާންގައި މި ވަގުތު އުޅޭ އެމެރިކާގެ ރައްޔިތުންނަށް އިލްތިމާސްކޮށްފައިވަނީ ހުރިހާ ވަގުތެއްގައި ވެސް ސަމާލުވެ ތިބެ، އުމާންގެ ރަސްމީ ފަރާތްތަކުން ދޭ އިރުޝާދުތަކަށް ބޯލެނބުމަށެވެ.
އުމާންގެ ފުލުހުން ބުނީ މި ހަމަލާއާބެހޭ ތަހުގީގެއް މިހާރު ފަށައިފައިވާ ކަމަށެވެ.



advertisment