Support Us

ރާހުލް އާއި ޖާންވީ މެވާދާ ފުއްމައިލި ރޭލުދަގަނޑުން ރޭލެއް ދަތުރުކުރަނީ

ރޭލެއްގައި ޖެހިދާނެތީ 90 ފޫޓު ތިރީގައި އޮތް ކޯރަކަށް ފުއްމާލައިފި

ސޯޝަލް މީޑިއާއަށް ރީތި ފޮޓޯތަކެއް ނަގަންވެގެން އިންޑިއާގެ ރާޖަސްތާނު ސްޓޭޓްގައި ދެމަފިރިއަކު ރޭލުދަނގަޑެއްގެ މަތީގައި ހުއްޓާ ޖެހުނީ 90 ފޫޓު ތިރީގައި އޮތް ކޯރަކަށް ފުއްމައިލައިށެވެ. ފޮޓޯ ނެގުމުގައި މަސްއޫލުވެގެން ތިބި ދެމަފިރިންނަށް ރޭލު އަންނަތަން ފެނުނީ މާ ފަހުންނެވެ. މިހެންވެ އިތުރު ގޮތެއް ނެތިގެން ވަގުތުން ކޯރަށް ފުއްމައިލީއެވެ.

އުމުރުން 22 އަހަރުގެ ރާހުލް މެވާދާ އާއި އޭނާގެ އަންހެނުން އުމުރުން 20 އަހަރުގެ ޖާންވީ ސަލާމަތްވި ނަމަވެސް ދެމަފިރިންނަށް ވަރަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށްވެއެވެ.

"ރާހުލްގެ ހާލު ވަރަށް ސީރިއަސް،" އެ ދެމަފިރިން ގެންދިޔަ ހޮސްޕިޓަލުން ބުންޏެވެ.

މި ހާދިސާ ހިނގައިފައިވަނީ ފޮޓޯ ނަގަން މަޝްހޫރު ސަރަހައްދެއްގައެވެ.

ދެމަފިރިން ތިބީ ރޭލު ދަގަނޑު ހަދާފައިވާ ބްރިޖެއްގެ މަތީގައެވެ. ދެމަފިރިން ކޯރަށް ފުއްމާލުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ރޭލު ވަނީ ހުއްޓުމަކަށް އައިސްފައެވެ. ނަމަވެސް ރޭލު ހުއްޓުމަކަށް އަންނާނެކަމުގެ ޔަގީންކަން ނެތުމުން ދެމަފިރިން ބުރިޖުން ފުއްމާލީއެވެ.

ރާހުލް އާއި ޖާންވީއަށް ދިމާވި މި ހާދިސާ ކަހަލަ ހާދިސާއެއް މެކްސިކޯގައި ވެސް ހިނގައިފައިވެއެވެ. އެ ހާދިސާގައި ސެލްފީއެއް ނަގަން އުޅުނު އަންހެނަކު ރޭލެއްގައި ޖެހި ވަނީ މަރުވެފައެވެ.

ރާހުލް އާއި ޖާންވީ ފޮޓޯ ނަގަން ތިބި ސަރަހައްދު ފަހަކަށް އައިސްވަނީ ސޯޝަލް މީޑިއާއަށް ފޮޓޯ ނެގުމަށް އިންޑިއާ އާއި ބިދޭސީ ޓޫރިސްޓުންގެ މެދުގައި މަގުބޫލު ތަނަކަށްވެފައެވެ. އެ ދެމަފިރިންނަށް ދިމާވި މި ހާދިސާއާ ގުޅިގެން ރާޖަސްތާނުގެ ރަސްމީ އިދާރާތަކުން މިހާރު ވަނީ ސަލާމަތްތެރިކަމުގެ ފިޔަވަޅުތަކެއް އަޅަން ނިންމައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް