Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ރާމާމަކުނު ބޭނުންވާނީ ދޮންކޭލެވެ، ފައިސާއެއް ނޫނެވެ.

މިލްކިއްޔާތުގައި 25 ބިލިއަން ޑޮލަރު ހުރި ޗައިނާގެ އެންމެ މުއްސަނދި މީހާ ކަމަށްވާ، އުމުރުން 59 އަހަރުގެ ޖެކް މާ ބުންޏެވެ:

ރާމާމަކުނެއްގެ ކުރިމަތީގައި ދޮންކޭލާއި ފައިސާ ބަހައްޓައިފި ނަމަ، އެ ސޮރު އިހުތިޔާރު ކުރާނީ ދޮންކޭލެވެ. ސަބަބަކީ ފައިސާ ބޭނުންކޮށްގެން ވަރަށް ގިނަ ދޮންކެޔޮ ގަނެވިދާނެކަން އެ ސޮރަށް ނޭނގޭނެތީއެވެ.

ހަމަ މި މޭރުމުން، އިންސާނުންނަށް ހުށަހެޅީ ވަޒީފާ އާއި ވިޔަފާރި ކަމަށްވަނީ ނަމަ، އޭގެ ތެރެއިން ގިނަ މީހުން އިހުތިޔާރު ކުރާނީ ވަޒީފާއެވެ. ސަބަބަކީ ވިޔަފާރިއެއްގެ ޒަރީއާއިން އުޖޫރައަކަށްވުރެ ގިނަ ފައިސާ ލިބޭނެކަން ގިނަ މީހުންނަށް ނޭނގޭތީއެވެ.

ފަގީރުން، ފަގީރު ކަމުގައި ތިބޭ އެއް ސަބަބަކީ ވިޔަފާރިކުރުމުގެ ހިޔާލެއް ގެންގުޅެން ތަމްރީންވެފައި ނެތުމުންނެވެ.

އެ މީހުން ގިނަ ވަގުތު ހޭދަކުރަނީ ސްކޫލްތަކުގައެވެ. އެ ސްކޫލްތަކުން ކިޔަވައިދެނީ މުސާރައަށް މަސައްކަތް ކުރުމަށެވެ. އެ މީހުންގެ އަމިއްލަ މަސައްކަތަށް މަސައްކަތް ކުރުމުގެ ބަދަލުގައެވެ.

ވިޔަފާރިން ލިބޭ ފައިދާއަކީ މުސާރައަކަށްވުރެ ރަނގަޅު އެއްޗެކެވެ. ވަޒީފާއަކުން ލިބޭ އުޖޫރައިން ތިބާގެ ދިރިއުޅުމަށް އެހީއަކަށް ވެދާނެއެވެ. ނަމަވެސް ވިޔަފާރިއަކުން ލިބޭ ފައިދާ ތިބާއަށް ލިބޭ ބޮޑު މުއްސަނދިކަމަކަށް ވާނެއެވެ.