ސައޫދި އަރަބިއަން އެއާލައިންސްގެ މަތިންދާބޯޓެއް މިއަދު ޕާކިސްތާނުގެ ޕެޝާވަރުގައި ހުންނަ ބާޝާ ޚާން އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަނިކޮށް ހުޅުހިފައިފިއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.
ފްލައިޓް އެސް.ވީ-792 ގައި ރޯވީ އެ ފްލައިޓްގެ ފުރޮޅުގެ ނިޒާމުގައެވެ.
ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުން ފުރައިގެންދިޔަ ފްލައިޓްގައި 297 ފަސިންޖަރުންނާއި 21 ފަޅުވެރިން ތިއްބެވެ.
އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނީ އެއްވެސް ފަސިންޖަރަކު އަދި ފަޅުވެރިއަކު ވެސް ޒަހަމްނުވާ ކަމަށެވެ.
އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރުން އަލިފާނުގެ ރިޕޯޓް ކަމާ ބެހޭ ފަރާތްތަކަށް އެންގުމުން ކުއްލި ހާލަތުގައި އަލިފާން ނިއްވާ ފަރާތްތައް ވަނީ މަތިންދާބޯޓުގެ އަލިފާންގަނޑު ނިއްވައިލައިފައެވެ.
ޓެކްނީޝަނުން މިހާރު ވަނީ އަލިފާން ހިފި ސަބަބު ދެނެގަތުމަށް ތަހުގީގެއް ފަށައިފައެވެ.



advertisment