Support Us

އިސްރާއީލުގެ ހަމަލާއަކަށްފަހު ފަލަސްތީނުގެ ބަޔަކު ޝަޖައިޔާ ސަރަހައްދުގައި

އިސްރާއީލު-ހަމާސް ސުލްހައަށް އަދިވެސް އުއްމީދު އެބައޮތް: އެމެރިކާ

އިސްރާއީލާއި ހަމާސް ޣައްޒާގައި ކުރަމުންދާ ނުވަ މަސްވީ ހަނގުރާމަ ނިންމައިލުމަށްޓަކައި އަލުން ވާހަކަތައް ފަށައި ސުލްހަ ގާއިމުވާނެކަމުގެ އުއްމީދު އެބައޮތް ކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ޖޯން ކަރބީ ވިދާޅުވީ އިސްރާއީލާއި ހަމާސްއާ ދޭތެރޭގައިވާ "ހުސް ތަންތަން" ފުރާލެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

"ކަންތައްތައް ދަނީ ރަނގަޅު ދިމާއަކަށް. އެހެންކަމުން ދެ ބައިމީހުންގެ ދޭތެރޭގައިވާ ހުސް ތަންތަން ފުރާލެވޭނެ ކަމުގެ އުއްމީދު އެބައޮތް،" އޭނާ ވިދާޅުވިއެވެ.

ޖޯން ވިދާޅުވީ ރައީސް ޖޯ ބައިޑަންއަށް ލަފާ އަރުވާ ބްރެޓް މެކްގާކް އަދި ޖާސޫސީ އިދާރާ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީ.އައި.އޭ)ގެ ޑައިރެކްޓަރު ބިލް ބާންސް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ހަމާސް އާއި އިސްރާއީލާ ދެމެދުގައިވާ މި "ހުސް ތަންތަން" ފުރައިލަން ކަމަށެވެ.

ރައީސް ބައިޑަން މިދިޔަ މެއި މަހު ހުށަހެޅުއްވި ސުލްހައިގެ މަގުޗާޓުގައި ވަނީ ދެ ފަރާތުން ހައްޔަރުކޮށްފައިވާ ދެ ފަރާތުގެ މީހުން ދޫކޮށްލައި، ޣައްޒާއިން އިސްރާއީލުގެ ސިފައިން ފައިބާ، އަދި ޣައްޒާ އަލުން އާރާސްތު ކުރުމެވެ.

ބިލް އާއި ބްރެޓް މި ވަގުތު ހުންނެވީ މެދުއިރުމަތީގައެވެ. އެއީ މެދުއިރުމަތީގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް އަރަބި ގައުމުތަކާ މަޝްވަރާ ކުރެއްވުމަށެވެ.

އެމެރިކާއިން މި މޭރުމުން ވާހަކަ ދެއްކި ނަމަވެސް އިސްރާއީލުގެ އަސްކަރިއްޔާއިން އަދިވެސް ދަނީ ކެނޑިނޭޅި ޣައްޒާއަށް ހަމަލާތައް ދެމުންނެވެ. ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ދިން ހަމަލާތަކުގައި 31 އަށްވުރެ ގިން މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި އަށް ކުޑަކުދިން ހިމެނެއެވެ. މި ހަމަލާތަކުގެ ތެރޭގައި ހިޔާވެއްސަކަށް ބަދަލުކޮށްފައިވާ ސްކޫލަކަށް ދިން ހަމަލާއެއް ހިމެނެއެވެ. އިސްރާއީލުން ބުނީ މި ހަމަލާ ދިނީ ހަމާސްގެ ހަނގުރާމަވެރިޔަކު އެ ތަނުގައި ހުރީމާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *