Support Us

ކަނޑުވި އަންހެންމީހާ ހެލިކޮޕްޓަރެއްގެ އެހީގައި ސަލާމަތްކުރަނީ

ޖަޕާނުގެ އައްސޭރިން ކަނޑުވި ޗައިނާ އަންހެނަކު 36 ގަޑިއިރު ފަހުން ސަލާމަތްކޮށްފި

ޖަޕާނުގައި މޫދަށް އެރި އުޅުނު ޗައިނާގެ އަންހެނަކު ކަނޑުވެގެން އުޅެނިކޮށް 36 ގަޑިއިރު ފަހުން ސަލާމަތްކޮށްފިއެވެ.

ނަން ހާމަ ނުކުރާ، އުމުރުން ވިއްސަކަށް އަހަރުގެ މި އަންހެން މީހާ އޮޔާ ދަމައިގަތީ ކަމަށް ޖަޕާނުގެ ކޯސްޓް ގާޑުން މިއަދު ބުންޏެވެ.

"އޭނާ ސަލާމަތް ކުރެވުނީ ޖަޕާނާ 50 މޭލު ދުރުން،" ޖަޕާނު ކޯސްޓް ގާޑްގެ އޮފިޝަލަކު ވިދާޅުވިއެވެ.

މި އަންހެންމީހާ ގެއްލިގެން ރިޕޯޓް ކުރީ ހޯމަ ދުވަހުގެ ހަވީރެވެ. ވަރުބަލިވި ނަމަވެސް އޭނާ އެހާ ގިނައިރު ފެންމަތީގައި ސަލާމަތުން އޮވެވުނީ ވައިޖަހައިފައިވާ ރިންގެއް ހިފައިގެން ފަތަން ނުކުތީމައެވެ.

"އޭނާ ގެއްލުނުކަން އެނގުނީ އޭނާގެ ރައްޓެއްސަކު ރިޕޯޓް ކުރުމުން،" ކޯސްޓް ގާޑްގެ އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި އަންހެންމީހާ ފެނުނީ އިއްޔެގެ ވަގުތެއްގައި އޭނާ އޮތް ހިސާބުން ދިޔަ އާގުބޯޓަކަށް ކަމަށެވެ. އަދި އެ ބޯޓު ކައިރީގައިވާ ކުޑަ ޓޭންކަރެއްގެ ދެ ފަޅުވެރިން އޭނާ ސަލާމަތް ކުރަން ކަނޑަށް ފުއްމައިލި ކަމަށެވެ.

ސަލާމަތް ކުރުމަށް ފަހު އަންހެންމީހާ ހޮސްޕިޓަލަށް ގެންދިޔައެވެ. އެ ތަނުން އޭނާ ބަލައިފައި ބުނީ ނަފުސާނީ ގޮތުން އަސަރެއް ކޮށްފައިނުވާ ކަމަށެވެ. އަދި އޭނާއަށް ފެން ނުލިބުމުގެ ސަބަބުން ޑިހައިޑްރޭޓް ވެފައިވާ ނަމަވެސް އެ ކަމުން އޭނާގެ ހަށިގަނޑަށް ނުރައްކަލެއް ނެތް ކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ. އެހެންކަމުން އޭނާ ވަނީ ހޮސްޕިޓަލުން ޑިސްޗާޖު ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *