މި ޒަމާން މިހާރު މިއޮތީ މާލޭގައި ނަމަ ފުޓްސަލް ދަނޑުގައި ފުޓްސަލް ކުޅޭ ދުވަސްތަކަކަށް ބަދަލުވެފައެވެ. ނަމަވެސް ރަށްރަށުގައި ފުޓްސަލް ދަނޑުތަކުގެ އިތުރުން ފުޓުބޯޅަ ދަނޑުތައް އަދިވެސް އެބަހުއްޓެވެ. ނަމަވެސް މާލޭގައި ވެސް އަދި ރަށްރަށުގައި ވެސް އާއްމު ގޮތެއްގައި މިހާރު މަގުމަތީގައި ފުޓުބޯޅަ ކުޅުނު ދުވަސްވަރު ހިނގައްޖެއެވެ. ހިނގާބިނގާވެ އުޅޭ މީހުންނާއި ޓްރެފިކް ތޮއްޖެހުމުންނެވެ.
މި ބަލައިލަނީ އެހާރުގެ ދުވަސްތަކުގައި މާލެ އާއި ރަށްރަށުގައި މަގުމަތީގައި ފުޓުބޯޅަ ކުޅެއުޅުނު "ނުރަސްމީ ގަވައިދުތަކަ"ށެވެ.
- ރެފްރީއެއް ނުހުންނާނެއެވެ.
- ބޯޅައިގެ ވެރިމީހާ ކުޅޭނީ ގަދަ ޓީމަށެވެ.
- ކުޅުން ހުއްޓާލާނީ ހުރިހާ އެންމެން ވަރުބަލިވީމައެވެ. ނުވަތަ މަޣްރިބް ނަމާދަށް ބަންގި ދިނީމައެވެ.
- ސްކޯއަކީ 23 އިން 22 އަށް ކަމަށް ވެއްޖެ ނަމަ، އެ ވީ ކުޅުން ހުއްޓައިލާށެވެ.
- ފައުލެއް ކޮށްފި ކަމަށް ބުނެ މާތްކަލާނގެ ގަންދީ ހުވާއެއް ކޮށްފި ނަމަ އިދިކޮޅު ޓީމަށް ޕެނަލްޓީއެއް ލިބޭނެއެވެ.
- ގޯލްކީޕަރަކަށް އަބަދުވެސް ހުންނާނީ އެ ޓީމެއްގެ އެންމެ ފަލަ ކުޅުންތެރިޔާއެވެ.
- ބޯޅައިގެ ވެރިޔާގެ ގާތަށް ރުޅި އަތުވެއްޖެ ނަމަ، އޭނާ އެ ބޯޅަ ނަގައިގެން ގެންދާނެއެވެ. އެ ހިސާބުން ކުޅުން ނިމުނީއެވެ.
- ފައުލެއް ކުރިކަމަށް ވާނީ އެންމެން އެ ކަމަށް އެއްބަސްވިއްޔާއެވެ.
- ދެ ޓީމުގައި އެއްވަރަށް މީހުން ނެތް ނަމަ، މީހުން މަދު ޓީމަށް އިތުރު ކުޅުންތެރިޔަކު ލެވިދާނެއެވެ.
- ޕެނަލްޓީ ޖަހާއިރު ގޯލްކީޕަރުކަން ކުރާ މީހާ ބަދަލުކުރެވިދާނެއެވެ.
- ގޯލްގެ މަތީ ދަނޑީގެ މަތިން ބޯޅަ ގޮސްފި ނަމަ، އެއީ ގޯލެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް ބައި ގަޑިއިރު ވަންދެން މަޝްވަރާ ކުރެވިދާނެއެވެ.
މި އުފާވެރި ހަނދާންތައް ތަޖުރިބާ ކުރި ހުރިހާ މަގުމަތީ ފުޓުބޯޅަ ކުޅުންތެރިންނަށް މަރުހަބާއެވެ!
