Support Us

އަމްބާނީގެ އަނބިމީހާ ބޯ ފެނުގައި ވެސް ރަން

މަހުޖަނެއްގެ އަނތްބަކަށްވުމުން ދިރިއުޅުމުގައި އެހެން މީހުންނަށް ނުލިބޭ އެތައް ފައިދާތަކެއް ލިބެއެވެ. އޭގެ ތެރޭގައި ރަނގަޅު ސިއްހަތެއް ލިބުން ވެސް ހިމެނެއެވެ. އެ ގޮތުން އޭޝިއާގެ އެންމެ މުއްސަނދި މީހާ ކަމަށްވާ އިންޑިއާގެ ބިލިއަނަޔަރު މުކޭޝް އަމްބާނީގެ އަންހެނުން ނީތާ ބޮނީ ވެސް ރަން ކުނޑި އެކުލެވޭ ފެނެވެ.

ރިލަޔަންސް ކުންފުނީގެ ވެރިޔާ މުކޭޝްގެ މިލްކިއްޔާތުގައި 116 ބިލިއަން ޑޮލަރު އެބަހުއްޓެވެ. އަދި އޭނާއަކީ ދުނިޔޭގެ 11 ވަނައަށް އެންމެ މުއްސަނދިމީހާއެވެ. އޭނާގެ، 60 އަހަރުގެ އަނބިމީހާ ބޮނީ 750 އެމް.އެލް.ގެ ފުޅީގައި ބަންދުކޮށްފައިވާ ދުނިޔޭގެ އެންމެ އަގުބޮޑު ފެނެވެ. ގާތްގަނޑަކަށް 60،000 ޑޮލަރަށް ލިބޭ މީގެ ފެން ފުޅިއަކަށް އަޅައިފައިވާ މާއްދާތަކުގެ ތެރޭގައި ރަނުގެ ކުނޑި ހިމެނެއެވެ. މިހެންވެ ދުނިޔޭގެ ރެކޯޑު ބަލަހައްޓާ ގިނެސްއިން ބުނެފައިވަނީ 2010 ވަނަ އަހަރުއްސުރެ މިއީ ދުނިޔޭގެ އެންމެ އަގުބޮޑު ފެން ކަމަށެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ ބިމުން ނަގާ، ހަރު އެއްޗެއްގެ ގޮތުގައި ހުރެ، އިންސާނާގެ ހަށިގަނޑުގެ ތެރޭގައި ނުވިރޭ އެއްޗެއް ބުއިމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟

ޖަވާބަކީ ރަނަކީ ހަޖަމު ނުކުރެވޭ މާއްދާއަކަށް ވިޔަސް، ހަށިގަނޑުގައި ހުންނަ އެސިޑްގެ މިންވަރު މަދުކޮށްދޭ އަލްކަލައިނެއްގެ ރޯލު ރަނުން ކުޅޭ ކަމެވެ. އެހެންކަމުން ހަޖަމު ނުވިއަސް ރަން "ކެއުމުގައި ނުވަތަ ބުއިމުގައި" ނުރައްކަލެއް ނެތެވެ. ހަށިގަނޑުގެ އެސިޑް ލެވެލް ދަށްކޮށްލައިފައި ގޮހޮރުގެ ތެރެއިން ގޮސް ބޮޑުކަމުދާއިރު އެ ރަންތައް ނަޖިހުގެ ތެރޭގައި ހަށިގަނޑުން ބޭރުކޮށްލައެވެ.

ކެއުމެއްގެ ގޮތުގައި ރަނުގެ ކުނޑި ބޭނުން ކުރުމަކީ އެންމެ ކުރީ ޒަމާނުގައިވެސް އިންސާނުންގެ ތެރޭގައިވާ އާދައެކެވެ. ނަމަވެސް މި ސަގާފަތް ދަމަހައްޓަނީ މުއްސަނދިން އެ މީހުންގެ މުއްސަނދިކަން، ކަންދެއްކުމުގެ ގޮތުންނެވެ. އެ ގޮތުން ނީތާ ރަން އެކުލެވޭ ފެން ބޮނީ ވެސް އާދައިގެ ފުޅިއަކުން ނޫނެވެ. އެ ފުޅި ހަދައިފައިވަނީ ވެސް 24 ކެރެޓްގެ ރަނުންނެވެ. އަދި "އެކުއާ ޑި ކްރިސްޓަލޯ ޓްރިބިއުޓޯ އަ މޮޑިގްލިއާނީ" ނަމަކަށް ކިޔައިފައިވާ މި ރަން އެކުލެވޭ ފެން އަޅައިފައިވާ ފުޅި ފަރުމާކޮށްފައިވަނީ ފުޅި ޑިޒައިން ކުރުމަށް މަޝްހޫރު މީހެއް ކަމަށްވާ ފެނާންޑޯ އަލްޓަމިރާނޯއެވެ.

މި އަގުބޮޑު ފެން އުފައްދަނީ ތިން މަސްދަރަކުންނެވެ. އެއީ އައިސްލޭންޑްގެ ގަނޑުފެނާއި ފްރާންސްގެ ކޯރު ފެނާއި އަދި ފިޖީގެ ކޯރު ފެނުންނެވެ. މި ކަހަލަ އަގުބޮޑު ފެނެއް ގަތުމަކީ އާދައިގެ މީހަކަށް ކުޅަދާނަ ކަމަކަށް ނުވާނެތާއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
22
ޚިޔާލު ފާޅުކުރައްވާ!

4 Responses

  1. އަހަންނަށް ޒަމްޒަމް ފެން ބޯން އުމުރަށް ލިބޭނެނަމަ

  2. ރަންފެން ބޮއިގެން ތިމާވަރުގެ މުއްސަންޖެއް ނެތް ކަމަށް ދެއްކުމަށްވުރެ ރަނގަޅުވާނެ ތިމުއްސަނދިކަމުން އިންޑިއާގެ ފަޤީރުންނަށް އެހީވިއްޔާ

  3. ނީތާމެންގޭ ޖަންގުޝަނުގަ އޮންނާނެތާ ފިސާރި ރަން.

  4. ތިމީހާ އޭނާ ބޭރުކުރާ ނަޖިސް ސާފުކޮށްގެން ރަންކޮޅު ހޯދާނެ އަޅުން ނުގެންގުޅޭބާ. އެ ނަޖިސް ރައްކާކުރާނެ ސްޓޯރެއް ހަދަން އެބަޖެހޭނު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *