Support Us

އެޑްވަޓޯރިއަލް

ހާއްސަ ހިދުމަތްތަކަކާއެކު މޯލްޑިވިއަނުން ލަންކާއަށް އުދުހެން ފަށަނީ

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނުން ސްރީ ލަންކާގެ ވެރިރަށް ކޮޅުނބަށް އަންނަ ބުރާސްފަތި ދުވަހު ފަށާ ދަތުރުތަކުގައި ހާއްސަ ހިދުމަތްތަކެއް ފަސިންޖަރުންނަށް ފޯރުކޮށްދޭން ހަމަޖެހިއްޖެއެވެ.

އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ދެކޮޅު ޓިކެޓް 165 ޑޮލަރުގެ އަގު ހެޔޮ ރޭޓެއްގައި ހަމަޖައްސާފައިވާ ކަމެވެ. އަދި ދާގީނާ އަށް 30 ކިލޯ ލިބޭއިރު ފްލައިޓްގައި ރަނގަޅު ކެއުމެއް ވެސް ދޭން ހަމަޖެހިފައިވުމެވެ.

މޯލްޑިވިއަންގެ ލަންކާ ދަތުރުތައް ހަމަޖެހިފައިވަނީ ހަފުތާއަކު ދެ ފަހަރުއެވެ. އެއީ ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހުއެވެ. ކޮޅުނބަށް ދާން ރާއްޖެއިން ފުރަން ހަމަޖައްސާފައިވާ ގަޑިއަކީ ހަވީރު 7.35 އެވެ. އަދި ކޮޅުނބުން ރާއްޖެ އަންނަން ފުރަން ހަމަޖައްސާފައިވާ ގަޑިއަކީ އެރޭ 10.35 ގައެވެ.

މޯލްޑިވިއަނުން ކޮޅުނބަށް ފަށާ ދަތުރުތަކުގައި ހަމައެކަނި މޯލްޑިވިއަނުން ދޭ ހާއްސަ ހިދުމަތްތަކެއްވެއެވެ. އޭގެ ތެރޭގައި ލަންކާގެ މަޝްހޫރު ނަވަލޯކާ ހޮސްޕިޓަލުން ދޭ ހިލޭ ހިދުމަތްތަކެއް ވާކަން ހާއްސަކޮށް ފާހަގަކޮށްލެވެއެވެ.

މި ހިދުމަތްތަކުގެ ތެރޭގައި ޑޮކްޓަރުންނަށް ދެއްކުމާއި ބަލިމީހާގެ ސިއްހީ ތާރީހު އަންދާޒާ ކުރުން ހިމެނެއެވެ. ހަށިގަނޑުގެ ބަރުދަން ހުންނަން ޖެހޭ "ބޮޑީ މާސް އިންޑެކްސް" ނުވަތަ ބީ.އެމް.އައި. ބަލައިދިނުމާއި ލޮލުގެ ފެނުން ހުރި ހާލަތް ބަލައިދިނުން ވެސް ހިމެނެއެވެ.

މީގެ އިތުރުން ދަތުގެ ހާލަތު ޗެކު ކުރުމާއި ހަށިގަނޑަށް ބޭނުންވާ ކާބޯތަކެތި ދެނެގަތުމަށް ޑައެޓީޝަނެއްގެ ހިދުމަތް ވެސް ލިބެއެވެ.

ނަވަލޯކާ ހޮސްޕިޓަލާ މޯލްޑިވިއަން ގުޅިގެން ދޭ އިތުރު ހިދުމަތްތަކުގެ ތެރޭގައި އައުޓް ޕޭޝަން ޑިޕާޓްމަންޓް (އޯ.ޕީ.ޑީ.)ގެ ދަށުން ހަދާ ލެބޯޓްރީ ޓެސްޓްތަކަށް 15 ޕަސެންޓްގެ ޑިސްކައުންޓެއް ދެއެވެ. އަދި ނަގާ އެކްސް-ރޭ އަށް ފަސް ޕަސެންޓްގެ ޑިސްކައުންޓެއް ދެއެވެ.

މީގެ އިތުރުން ބަލިމީހާގެ ފުރިހަމަ ސިއްހަތު ސްކްރީން ކުރުމުގެ ޗެކަޕެއް ވެސް ހަދައިދެއެވެ.

ކޮޅުނބަށް ދަތުރު ކުރާ އެހެން އެއާލައިންތަކާ މޯލްޑިވިއަނުން ދޭ ހާއްސަ ހިދުމަތްތައް ނުވަތަ "ޔުނީކް ސެލިން ޕޮއިންޓް"ގެ ތެރޭގައި ފްލައިޓްގައި ދޭ ކެއުމަކީ ފަސިންޖަރުންނަށް ވަރަށް ކަމުދާނެ "މީލް ޕެކް"އެކެވެ. ޓިކެޓް އަގު ހެޔޮ ކުރުމަށް އެހެން ބަޖެޓް އެއާލައިންތަކުން އަމާޒު ހިފާފައިވާއިރު މި މޭރުމުން މޯލްޑިވިއަންގައި ދަތުރު ކުރާ މީހުންނަށް މާ ރަނގަޅު ހިދުމަތްތަކެއް ދޭން ހަމަޖެހިފައިވެއެވެ. މިހެންވެ، ރަނގަޅު މީލް ޕެކެއް ދިނުމުން ފަސިންޖަރުން ކޮޅުނބަށް ފައިބާނީ ހިތްހަމަޖެހިފައިވާ ދަތުރުވެރިއެއްގެ ގޮތުގައެވެ. ބޭނުމަކީ ކޮޅުނބުގެ ތަޖުރިބާތައް ހިތްގައިމުކޮށްލަން މަގުފަހި ކުރުމެވެ.

މޯލްޑިވިއަނުން ކޮޅުނބު ދަތުރުގައި 165 ޑޮލަރުގެ ރޭޓަށް ކަނޑައަޅާފައިވާ ޓިކެޓްގައި 30 ކިލޯގެ ދާގީނާ ދިނުމަށް ހަމަޖެހިފައިވާތީ މި ވެސް ވާނީ ކަސްޓަމަރުންނަށް ނުހަނު މުހިންމު ހިދުމަތަކަށެވެ. އެ ގޮތުން އެހެން ބައެއް ބަޖެޓް އެއާލައިންތަކާ ހިލާފަށް، ފުރުމަށް އެއާޕޯޓުގައި ޗެކް-އިން ވާއިރު ލަގެޖްއަށް ދީފައިވާ ބަރުދަން އިތުރުވުމުން އިތުރަށް ފައިސާ ދެއްކުން ނުވަތަ ދާގީނާގެ ބަރުދަން ކުޑަކުރަން ކަހަލަ ކަންތައްތަކާ މޯލްޑިވިއަނުން ދަތުރު ކުރާ ފަސިންޖަރުންނަށް ދިމާއެއް ނުވާނެއެވެ.

މޯލްޑިވިއަންގެ ލަންކާ މަގުގައި ފާހަގަ ކޮށްލެވޭ އަނެއް ކަމަކީ އިސްރަށްވެހިންނަށް ދޭ ހިދުމަތެވެ. ދިވެއްސާއި އިނގިރޭސި މި ދެ ބަހުން ވާހަކަ ދައްކާ މުވައްޒަފުން ތިބުމުން ދަތުރު ވެގެން ދާނީ ރަނގަޅު ތަޖުރިބާއަކަށެވެ. އެއްވެސް ކަމަކާ ފިކުރު ކުރަން ނުޖެހޭ ދަތުރަކަށެވެ. ސަބަބަކީ މުއާމަލާތް ކުރުމުގަ އާއި ފަސިންޖަރުންނަށް ތަފާތު އެހީ ދިނުމުގައި ފަސޭހަ ވެގެން ދާނެތީ އެވެ.

މޯލްޑިވިއަނުން ހަފުތާގެ ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހު ކޮޅުނބު މަގުގައި ދަތުރު ކުރުމަކީ ވެސް ދިވެހިންނަށް ހާއްސަ އެހީއަކަށް ވާނެއެވެ. ސަބަބަކީ ބުރާސަތި ދުވަހު ވަޒީފާގެ މަސައްކަތު ގަޑި ނިންމާލާފައި ކޮޅުނބަށް ގޮސް، އަދި އާދީއްތަ ދުވަހު މަސައްކަތަށް ނުކުތުމަށްޓަކައި ހޮނިހިރު ދުވަހު ކޮޅުނބުން ރާއްޖެ އާދެވޭނެތީއެވެ. މިހެންވުމުން ލަންކާގައި ހޭދަ ކުރާ ތިން ދުވަހަކީ އެއްވެސް ހާސްކަމެއް ނެތް އައިޓިނަރީއެއްގައި ލަންކާގައި ހޭދަ ކުރެވޭނެ ދަތުރެކެވެ.

މޯލްޑިވިއަނުން މިހާރު އަންނަނީ ރާއްޖޭގެ ކޮންމެ ސަރަހައްދީ ނުވަތަ ޑޮމެސްޓިކް އެއާޕޯޓަކުން ވެސް ކޮޅުނބަށް ސީދާ ދަތުރު ކުރެވޭނެ ގޮތްތަކެއް ރާވަމުންނެވެ. އަދި ހަމަ މިހެން ކޮޅުނބުން ވެސް ރާއްޖޭގެ ކޮންމެ އެއާޕޯޓަކަށް ވެސް އާދެވެނޭ ގޮތް ހަމަޖައްސަމުންނެވެ. ކުޑަ ބަޖެޓެއްގައި ފަސޭހަ ކަމާއެކު ދަތުރު ކުރަން ބޭނުންވާ ފަރާތްތަކަށް މިއީ ހަރަދުގެ ގޮތުން އަގުކުރެވޭ ގޮތެއް ކަމަށްވާނެއެވެ.

އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މޯލްޑިވިއަނުން ކޮޅުނބަށް ކުރާ ދަތުރުތަކާއި ކޮޅުނބުން ރާއްޖެއަށް މޯލްޑިވިއަނުން އަންނަން ބޭނުންވާ ފަރާތްތަކުން އެ ކަން ހަމަޖެއްސުމަށް މޯލްޑިވިއަންގެ އިންޓަނެޓް ވެބްސައިޓް www.maldivian.aero އަށް ޒިޔާރަތް ކޮށްލައްވާށެވެ. އީމޭލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ. މޯލްޑިވިއަންގެ ހޮޓްލައިން ފޯން ނަންބަރަކީ 1671 އެވެ.