އެމެރިކާގެ އޮހާޔޯ ސްޓޭޓްގެ ސިޓީއެއް ކަމަށްވާ ކޮލުމްބަސްގައި ގެއްލުނު އުމުރުން 12 އަހަރުގެ ފިރިހެން ކުއްޖަކު ފެނުނީ "ޓާގެޓް" ނަމަކަށް ކިޔާ ފިހާރައެއްގައި އޮވެ ނިދާ ހޭލުމުންނެވެ.
ކުއްޖާ ގެއްލިގެން ބެލެނިވެރިން ފުލުހުންނަށް ރިޕޯޓް ކުރިއެވެ. ކުއްޖާ ފެނުނީ ޓާގެޓް ފިހާރައިގައި މަސައްކަތްކުރާ މުވައްޒަފަކު ހެނދުނު ފިހާރަ ހުޅުވުމުންނެވެ.
ފުލުހުން ލަފާ ކުރަނީ ކުއްޖާ ފިހާރައިގައި ނިދީ ފިހާރަ ބަންދު ކުރާ މުވައްޒަފުންނަށް ނޭނގޭނެ ގޮތަކަށެވެ.
ކުއްޖާ ފެނުމާއެކު ފިހާރައިން ވަގުތުން ފުލުހުންނަށް ގުޅިއެވެ. އަދި ދެން ކުއްޖާ ހަވާލު ކުރީ ކޮލުމްބަސްގައި ކުޑަކުދިންގެ ކަންތައްތައް ބަލަހައްޓާ މަރުކަޒަކާއެވެ. ކުއްޖާގެ މައިންބަފައިން އަންނަންދެން އެ މަރުކަޒުން އެ ކުއްޖާއާ ހަވާލުވެ ހުއްޓެވެ.
ފްރެންކްލިން ކައުންޓީގެ ކުޑަކުދިންނާ ބެހޭ މަރުކަޒުގެ ތަރުޖަމާނު ސްކޮޓް ވާނާ ވިދާޅުވީ މިއީ ކުއްޖަކު ގެއްލުނު މައްސަލައެއް ނޫން ކަމަށެވެ.
"މި ކުއްޖާ ގެއިން ފިލީ،" ސްކޮޓް ވިދާޅުވިއެވެ.
މައިންބަފައިންނާ ކުއްޖާ ހަވާލު ކުރީ ފެނުނު ދުވަހުގެ މެންދުރުފަހުއެވެ.



advertisment