Support Us

އެސްޓީއޯ ކޮންސްޓްރަކްޝަނުން ސިމެންތީގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

ރާއްޖޭގައި ކޮންސްޓްރަކްޝަންގެ ސާމާނު އެންމެ ފުޅާ ދާއިރާއެއްގައި އެތެރެކޮށް ވިއްކަމުން އަންނަ އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ސިމެންތީގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެސްޓީއޯއިން ބުނީ އަންނަ މެއި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުން ގަންނަ "ޕަޔަނިއާ" ބްރޭންޑްގެ 50 ކިލޯގެ ސިމެންތި ބަސްތާއެއް 90ރ. އަށް (ޖީއެސްޓީ ނުހިމަނައި) ލިބެން ހުންނާނެ ކަމަށެވެ. މި ޕްރޮމޯޝަންގެ ކުރިން ބަސްތާއެއް ވިއްކާ އަގަކީ 108ރ. އެވެ.

މި ޕްރޮމޯޝަނުން ލިބިގެންދާ ހާއްސަ އަގުގެ ސަބަބުން އިމާރާތް ކުރުމުގެ ދާއިރާގައި ހިމެނޭ ކޮންޓްރެކްޓަރުންނާއި، އަތޮޅު ތެރޭގައި ސިމެންތި ވިއްކާ ފަރާތްތަކާއި އަދި އާއްމު ފަރުދުންނަށްވެސް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

މީގެ އިތުރުން 1،500ރ. އަށްވުރެން މަތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް ލޯޑް ކުރުމަށް ހުއްދަ ދީފައިވާ ސަރަހައްދުތަކަށް ހިލޭ ޑެލިވެރީ ކޮށްދޭނެ ކަމަށް ވެސް އެސްޓީއޯއިން ބުނެ އެވެ.

ޕަޔަނިއާ ސިމެންތި އަކީ ޔޫއޭއީގައި އެންމެ މަގުބޫލް އެއް ސިމެންތި ބްރޭންޑު ކަމަށާއި މި ސިމެންތިއަކީ EN BS 5H CEM 197-1-2001 ގްރޭޑްގެ އޯޕީސީ ސިމެންތި ކަމަށް އެސްޓީއޯއިން ބުނެ އެވެ.

މި ޕްރޮމޯޝަން މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.