ދިވެހި އަސްކަރިއްޔާއަށް 33 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި ދެ މޭޖަރ ޖެނެރަލަކު މިއަދު ރިޓަޔަރކުރައްވައިފިއެވެ.
ޝަރަފުވެރިކަމާއެކު މިއަދު ރިޓަޔަރކުރެއްވީ 34 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި މޭޖަރ ޖެނެރަލް ވައިޘް ވަޙީދާއި 33 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި މޭޖަރ ޖެނެރަލް ޙާމިދު ޝަފީޤެވެ.
ބްރިގޭޑިއަރ ޖެނެރަލްގެ ރޭންކުގައި ތިއްބެވި މެރިން ކޯގެ ކޮމަޑާންޓް، ވައިޘް ވަޙީދާއި ސަރވިސް ކޯގެ ކޮމަޑާންޓް ޙާމިދު ޝަފީޤު، މޭޖަރ ޖެނެރަލްގެ ރޭންކަށް މަތިކުރެއްވީ، މީގެ ފަސް މަސް ކުރިން، ޖުލައި 25 ވަނަ ދުވަހު، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
މި ދެ ބޭފުޅުން ރިޓަޔަރ ކުރެއްވުމުން އެމްއެންޑީއެފްގެ މޭޖަރ ޖެނެރަލްގެ މަގާމްގައި އެއްވެސް ބޭފުޅަކު މިވަގުތަކު ނެތެވެ.



advertisment