Support Us

މިނިސްޓަރުންގެ ނައިބުގެ މަގާމަށް އިތުރު ނުވަ ބޭފުޅުން

ސަރުކާރުގެ ބައެއް ވުޒާރާތަކުގެ މިނިސްޓަރުންގެ ނައިބުގެ މަގާމަށް އިތުރު ނުވަ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަނުކުރައްވައިފިއެވެ.

މިއަދު އައްޔަން ކުރެއްވި ނުވަ ނައިބުންނާއެކު ރައީސް ޑރ. މުޢިއްޒު ސަރުކާރުގެ މިނިސްޓަރުންގެ ނައިބުންގެ އަދަދު 72 އަށް އެރީއެވެ. އެ މަގާމަށް މީގެ ކުރިން ވަނީ 63 ބޭފުޅަކު އައްޔަންކުރައްވައިފަ އެވެ.

ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި މަހަކު 35،500ރ. ލިބޭނެއެވެ. އެއީ 20،500ރ.ގެ މުސާރަ އާއި 15،000ރ.ގެ އެލަވަންސެކެވެ.

މިއަދު ޢައްޔަނުކުރެއްވި މިނިސްޓަރުންގެ ނައިބުންނަކީ؛

  1. މިނިސްޓަރ އޮފް ފޮރިން އެފެއާޒުގެ ނައިބުގެ މަގާމަށް- ޢަލީ ޖަނާހް، ހއ. ބާރަށް، ސައުދީ މަންޒިލް
  2. މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ނައިބުގެ މަގާމަށް- މުޙައްމަދު ޢާރިފް، ށ. ކަނޑިތީމު، ރަތްވިލާގެ
  3. މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ނައިބުގެ މަގާމަށް- އަލްއުސްތާޛާ މަރްޔަމް ޝިފާނާ ޢަލީ ސަލީމް، ހ. މެލްބަން
  4. މިނިސްޓަރ އޮފް ފިނޭންސްގެ ނައިބުގެ މަގާމަށް- ޙަސަން މިރާސް، މއ. މާފުނަ
  5. މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބުގެ މަގާމަށް- އާމިނަތު މުނާ، ލަކީސްޓާރ، ދ. ބަނޑިދޫ
  6. މިނިސްޓަރ އޮފް ޓޫރިޒަމްގެ ނައިބުގެ މަގާމަށް- އަޙްމަދު މާއިސް – ވެލާނާގެ، ނ. ވެލިދޫ
  7. މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ނައިބުގެ މަގާމަށް- އިބްރާހީމް ޢަލީމް- ރޯޅި، ގއ. ކޮލަމާފުށި
  8. މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ ނައިބުގެ މަގާމަށް- ފާޠިމަތު ޒުހުރާ، ވ. ފައުނު
  9. މިނިސްޓަރ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ނައިބުގެ މަގާމަށް – އަލްއުސްތާޛު ޢަބްދުﷲ މަޙްޒޫމް މާޖިދު، ބަގީޗާގެ، ނ. ކުޑަފަރި
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *