Support Us

ސީޝެލްސްގެ ރައީސާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

ސީޝެލްސްގެ ރައީސް ވަވެލް ރަމްކަލަވަންއާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ.

އެކުވެރި ޢަރަބި އިމާރާތުގެ ދުބާއީގައި ކުރިއަށްދާ ކޮޕް 28 ކޮންފަރެންސްގެ ހަވާސާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ސީޝެލްސާ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.

ކޮޕް28 ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ޤައުމީ ބަޔާން އިއްވަވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ މިދިޔަ މަހު 17 ކުރެއްވި ފަހުން ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ރައީސް ޑރ. މުއިއްޒު ވަނީ ތުރުކީއަށް ވަޑައިގެން ރައީސް ރަޖަބް ތައްޔިބު އުރުދުޣާނާ މިދިޔަ ހަފުތާގައި ބައްދަލުކުރައްވައިފައެވެ. ތުރުކީން އެ މަނިކުފާނު ވަޑައިގަތީ ކޮޕް28 ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީއަށެވެ. ދުބާއީ ދަތުރުފުޅުގައި އެކިއެކި ގައުމުތަކުގެ ލީޑަރުންނާ އެ މަނިކުފާނު ގެންދަވަނީ ބައްދަލުކުރައްވައި، ތައާރަފުވެވަޑައިގަންނަވަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *