Support Us

ކުޑަކުދީންގެ ދުވަހުގެ ކުރެހުމުގެ މައުރަޒު މެޑަމް ސާޖިދާ ހުޅުއްވައިދެއްވައިފި

ދުނިޔޭގެ ކުޑަކުދީންގެ ދުވަހުގެ ކުރެހުމުގެ މައުރަޒު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ހުޅުވައިދެއްވައިފިއެވެ. މި މައުރަޒު ހުޅުވައިދެއްވީ ހުޅުމާލޭގައި ހުންނަ ސީ.އެޗް.އެސް.އީ ހޯލްގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރާއްޖޭގެ ހުރިހާ ސްކޫލަކަށް ހުޅުވާލައިގެން "ދަ އައިލެންޑް ވީ ވޯންޓް"ގެ ނަމުގައި ކުރިޔަށްގެންދާ މި ކުރެހުމުގެ މައުރަޒުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުޑަކުދިންގެ 380 އަށް ވުރެ ގިނަ ކުރެހުންތައް ދައްކާލާފައިވެއެވެ. ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބާއާ ގުޅުވައިގެން ޔުނިސެފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިޔަށްދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ މި މައުރަޒު ކުރިޔަށްގެންދަނީ އެޑިއުކޭޝަން މިނިސްޓްރީއާއި މޯލްޑިވްސް ޕޮލިސް ސަރވިސް އަދި އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާ ގުޅިގެންނެވެ.

ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހަކީ ބައިނަލް އަޤްވާމީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. އެ ދުވަހަކީ ކުޑަކުދިންގެ އަސާސީ ޙައްޤުތައް ބަޔާންކުރާ މުއާހަދާ، ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް (ސީއާރްސީ) 1989 ވަނަ އަހަރު ފާސްކުރި މުނާސަބާއެވެ.

މި ރަސްމިއްޔާތުގައި ޔުނިސެފާއި އާކް ގުޅިގެން ވަނީ އދ.ގެ މުއާހަދާ، ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް (ސީއާރުސީ)ގެ ކުޑަކުދިންނާ ގުޅޭގޮތަށް ތައްޔާރުކޮށްފައިވާ ފޮތެއް ނެރެދެއްވާފައެވެ. މި ފޮތް ނެރެދެއްވައި އަދި ވާރލްޑް ޗިލްޑްރެންސް ޑޭ- އާޓް އެގްޒިބިޝަން ހުޅުވައިދެއްވީ ވެސް މެޑަމް ސާޖިދާއެވެ.

މި މައުރަޒުގައި އެންމެ މޮޅު 15 ކުރެހުން ހޮވައި އިޢުލާންކުރުންވެސް އޮތެވެ. ކުރެހުމުގެ މައުރަޒު ހުޅުވައިދެއްވުމަށްފަހު މެޑަމް ސާޖިދާ މި ކުރެހުންތައް ބައްލަވައިލެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް