ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ) ގައި އިންނަވާ ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަމަށް ރ. އިނގުރައިދޫ ހިތްވަރު، އަލްއުސްތާޛު މުޙައްމަދު ސަމީރު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަނުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އައްޔަން ކުރައްވާ މެންބަރުގެ ގޮތުގައި ޖޭ.އެސް.ސީގައި މިހައިތަނަށް އިންނެވީ 12 ޑިސެމްބަރު 2018 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި އަލްއުސްތާޛު މަސްތޫރު ހުސްނީއެވެ.
ޖޭ.އެސް.ސީއަށް ޢައްޔަން ކުރެއްވުމުގެ ކުރިން ޖޭ.އެސް.ސީގެ މެންބަރުކަމުގެ ހުވައި ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި އަލްއުސްތާޛު މުޙައްމަދު ސަމީރު ކުރެއްވިއެވެ. ހުވައި ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ޢައިޝާ ޝުޖޫން މުޙައްމަދެވެ.
މި ރަސްމިއްޔާތުގައި ޖޭ.އެސް.ސީގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން އަލްއުސްތާޛު މުޙައްމަދު ސަމީރަށް ރައީސުލްޖުމްހޫރިއްޔާ ޙަވާލުކޮށްދެއްވިއެވެ.